އެމެރިކާއާއި އިސްރާއީލުގައި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން، އީރާނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފެށުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޝްވަރާކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޚަބަރު ފަތުރާ މަސްދަރެއް ކަމަށްވާ “އެކްސިއޮސް” އިންނެވެ. އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި މި މައްސަލައިގެ މަޢުލޫމާތު އެނގޭ އިތުރު މަސްދަރުތަކާ ހަވާލާދީ އެކްސިއޮސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި...
ނާޒިމާ އަލީ
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ޑްރޯން މެދުވެރިކޮށް އަދި ކަނޑުމަގުން ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ، އަންހެނަކު ހިމެނޭހެން އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. އަންގާރަ ދުވަހު ދިން މި ހަމަލާތަކުގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކެއް ތަޅާލައި ބިމާ ހަމަކޮށްފައެވެ. ޣައްޒާ ސިޓީގެ އިރުމަތީ އަވަށެއް ކަމަށްވާ ތުއްފާހުގެ އަލް މަޝްހަރާ ސަރަހައްދުގައި ދަތުރުކުރި އުޅަނދަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އ...
ނާޒިމާ އަލީ
ރަޝިއާގެ ދިފާއީ ކަންކަމާ ގުޅޭ މައުލޫމާތުތަކެއް އެއްކޮށް، ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ޖަޕާނުގެ ނޫސްވެރިއަކު އެ ގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ. އިންޓަފެކްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ ޖަޕާނުގެ “ހޮކައިޑޯ ޝިމްބުން” ނޫހަށް މަސައްކަތްކުރާ ނޫސްވެރިއެކެވެ. އެފްއެސްބީން ބުނީ އޭނާ ހައްޔަރުކުރީ ރަޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ސަޚާލިން ރީޖަނުން، އެ ގ...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންގެ ތެލުގެ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއާއެކު، ސައޫދީއަށް އަމާޒުކޮށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޫޘީން ބޮޑެތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ސައޫދީން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާ ކައިރީގައި ހުންނަ ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީގެ އަލް-ސަބާހާ ސެންޓްރަލް ފިއުލް ސްޓޭޝަނަށެވެ. އަސ...
ނާޒިމާ އަލީ
އެމެރިކާގެ އަސްކަރިއްޔާއިން މިސައިލް ހަމަލާތައް ދެނެގަތުމަށާއި މިޝަންތަކުގައި ރައްކާތެރިކަމާއެކު މުވާސަލާތު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން 21 ސެޓެލައިޓެއް ދުނިޔޭގެ އޯބިޓަށް ފޮނުވާލައިފިއެވެ. ސްޕޭސްއެކްސްގެ ރޮކެޓެއްގައި މި ސެޓެލައިޓްތައް ޖައްވަށް ފޮނުވާލާފައިވަނީ އެމެރިކާގެ ސްޕޭސް ޑިވެލޮޕްމަންޓް އޭޖެންސީ (އެސްޑީއޭ) އަށެވެ. މިއީ ޖައްވީ ދާއިރާއާއި ދިފާއީ އުފެއްދުންތައް ތައްޔާރުކުރާ ނޯތްރޮޕް ގްރޫމަން ކުންފުނިން އެސްޑީއޭގެ “ޓްރާންޗް 1 ޓްރާންސްޕޯޓް ލޭޔާ” (ޓީ1ޓީއެލް) އަށް އުފެއްދި ފުރަތަމަ ސެޓެލައިޓް...
އަލީ އާދިލް
ޔަމަނުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާގައި އަސްކަރީ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާތީ، އެ ސަރަހައްދުގައި އަމާޒުކުރާ ތަނުން އާންމުން ދުރަށް ދިއުމަށް ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ކުއްލި އިންޒާރެއް ދީފިއެވެ. ކޯލިޝަނުގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ، ހަމަލާތައް ދިނުމުގެ ކުރިން އެ ތަނުގައި ތިބި އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާ އިންޒާރު ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. ކޯލިޝަނުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ސީދާ ވަކި އަމާޒުތަކަކަށް...
ނާޒިމާ އަލީ
އެމެރިކާއާއެކު އަލުން ހަނގުރާމައެއް ފެށިދާނެ ކަމަށް ބަލައި، އީރާނުން އެ ގައުމުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތައް ވަރުގަދަކޮށް، އާންމުންނަށް ހަނގުރާމައިގެ ތަމްރީނުތައް ދޭން ފަށައިފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް އާ ހަމަލާތަކެއް ދެއްވަފާނެ ކަމަށް އީރާނުގެ ލީޑަރުން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމެރިކ...
ނާޒިމާ އަލީ
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ހޮލްބޯން އެންޑް ސެއިންޓް ޕެންކްރަސް ދާއިރާގެ އާ މެންބަރު ސަގާލް އަބްދީ-ވާލީ މިއަދު މަގާމުގެ ހުވާކުރައްވައި، އެ ގައުމުގެ ޕާލަމެންޓަށް އިންތިޚާބުވި ފުރަތަމަ ބްރިޓިޝް-ސޯމާލީ ބޭފުޅާގެ ޝަރަފު ހޯއްދަވައި ތާރީޚުގެ ތެރެއަށް ވަޑައިގެންފިއެވެ. އޭނާ ހުވާކުރެއްވުމާއެކު އިނގިރޭސި ޕާލަމެންޓުގައި މުސްލިމް މެންބަރުންގެ އަދަދު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ މަތީ މިންވަރަކަށް އަރައި، ރެކޯޑެއް ގާއިމުވެފައެވެ. ބައި-އިލެކްޝަނަކަށްފަހު އ...
ނާޒިމާ އަލީ
އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އިލްހާން އުމަރު ދިރިއުޅުއްވާ ވޮޝިންޓަން ޑީސީގެ ގެ، އެމެރިކާގެ ފެޑެރަލް އޭޖެންޓުން ހޯމަ ދުވަހު ބަލައިފާސްކޮށްފިއެވެ. މިއީ މިނެސޯޓާގެ ކޮންގްރެޝަނަލް ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކުރެއްވުމަށް އޭނާ ވާދަކުރައްވާ އިންތިޚާބަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ހިންގި ބަލާފާސްކުރުމެކެވެ. މުސްލިމަކަށްވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވާ އިލްހާންގެ ގެ ބަލައިފާސްކުރުމާ ގުޅިގެ...
ނާޒިމާ އަލީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ އަވަށަކުން ފަލަސްތީނުގެ 47 އާއިލާއެއް ގަދަކަމުން ބޭރުކޮށްލުމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި، ހަތިޔާރުއެޅި އިސްރާއީލުގެ އުދުވާނީ ވަޒަންވެރިން މަރުގެ އިންޒާރު ދިނުމާ ގުޅިގެން މިހާރު ވެސް ހަތަރު އާއިލާއެއް ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި އިސްރާއީލުގެ ހައްދުފަހަނައެޅި މީހުން ވަނީ ތޫބާސްގެ އިރުދެކުނުގައި އޮންނަ...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކާ ގުޅިގެން، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ މުއްދަތު އަންނަ ހޮނިހިރު ދުވަހު، އޮކްޓޯބަރު 17 ގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ނިންމުމާ އެކު، ސައޫދީގެ ވެރިރަށަށް ދަތުރުކުރާ އަދި އެ ސިޓީން ފުރާ ދުވާލަކު ގާތްގަނޑަކަށް 700 ފްލައިޓަށް ބޮޑެތި ބުރޫއެރުންތަކެއް ވަނީ ކުރިމަތިވެފައެވެ. ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ނެރުނު […]
ނާޒިމާ އަލީ
ލީބިޔާގެ ރައްޔިތުން މި އަހަރު ކުރާ ޙައްޖު ދަތުރުގެ އެންމެހައި ޚަރަދުތައް އެ ޤައުމުގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރު (ޖީއެންޔޫ) އިން ހަމަޖައްސައިދޭނެކަން އިޢުލާނުކޮށްފިއެވެ. މިކަން ކަށަވަރުކޮށްދެއްވީ ލީބިޔާގެ ޙައްޖާއި ޢުމްރާގެ ކަންކަމާ ބެހޭ ޢާންމު އިދާރާގެ ބޯޑް އޮފް ޑިރެކްޓަރުންގެ ނައިބު ރައީސް ޞަބްރީ އަލްބުޢައިޝީއެވެ. ޞަބްރީ އަލްބުޢައިޝީ ވިދާޅުވި ގޮތުގައި މި އަހަރުގެ ޙައްޖު ދަތުރުގައި ކޮންމެ މީހަކަށް 8،000 އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. ސަރުކާރުން ދޭ މި އެހީގެ ތެރޭގައި ވައިގެ މަގުންނާއި [...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ޙޫޘީން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި، އަމިއްލަ ކައިވެންޏަށް ގައުމަށް ދާން ތައްޔާރުވަމުންދިޔަ މިސްރުގެ އުމުރުން 28 އަހަރުގެ އަންހެން ކެބިން ކްރޫއަކު ހިމެނިއްޖެއެވެ. ކައިވެންޏަށް ގައުމަށް އަންނަން ތައްޔާރުވަމުންދިޔަ މިސްރުގެ ޒުވާން ކެބިން ކްރޫ، ރިޔާޟް ހަމަލާގައި މަރުވި ޚަބަރާއެކު މުޅި މިސްރު ރޮއްވާލައިފި މި ހާދިސާއާ ގުޅިގެން އޭނާގެ އުފަން ރަށަށާއި މުޅި މިސްރަށް ވަނީ ފުން ހިތާމައެއް […]
ނާޒިމާ އަލީ
45 ޢިލްމުވެރިންނާއި ޢުމްރާވެރިންގެ ވަފުދަކާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ދަތުރުކުރައްވަނިކޮށް، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ދިން މިސައިލް ޙަމަލާއެއްގައި ބަންގްލަދޭޝްގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މުޙައްމަދު ނަޞްރުﷲ ބަދްރުޕޫރީ (އަލްބަދްރު) އަވަހާރަވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަދަނީ ވައިގެ ދަތުރުފަތުރަށާއި ސަރަޙައްދީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން މި ޙަމަލާގަ...
ނާޒިމާ އަލީ
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައަށް ތިން އަހަރު ފުރުމާ ދިމާކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސިޓީގެ މަޝްހޫރު ޑޭމް ސްކޮޔާއަށް އެއްވެފައެވެ. ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ. އަދި ފަލަސްތީނުގެ ރަ...
ނާޒިމާ އަލީ