ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދި...
ނާޒިމާ އަލީ
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން، ގުޅިފައިވާ ފިޖީގެ އެއްމާބަނޑު ދެ ކުދިން ވަކިކުރުމަށް ކުރިއަށްގެންދާ 15 ގަޑިއިރުގެ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނު ރިޔާޟުގައި ފަށައިފިއެވެ. މި އޮޕަރޭޝަން ކުރަމުންދަނީ އުމުރުން 13 މަހުގެ ޖަސްޕިލީ އަދި ޑިސީސިއާ ނަމަކަށް ކިޔާ ދެ ކުދިން ވަކިކުރުމަށެވެ. ނޭޝަނަލް ގާޑް މިނިސްޓްރީގެ ދަށުން ހިންގާ ކިންގް ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގެ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕި...
ނާޒިމާ އަލީ
އިންޑޮނީޝިއާގެ ޖަންގަލިތަކާއި ޗަކަބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުންގަނޑު ފިލުވައިލުމަށް، ޖައްވުގެ ތެރެއަށް ‘ޑްރައި އައިސް’ އެޅުމުގެ ތަޖުރިބާތަކެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. މި އޮޕަރޭޝަންގައި ބުރާސްފަތި ދުވަހު ވަނީ ދުންގަނޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސައުތު ސުމާތުރާ ޕްރޮވިންސުގެ މަތިން މަތިންދާބޯޓުތައް ބޭނުންކޮށްގެން ސޮލިޑް ކާބަން ޑައިއޮކްސައިޑް ނުވަތަ ޑްރައި އައިސް ޖައްވުގެ ތެރެއަށް ދ...
އަލީ އާދިލް
ޝްހޫރު ވާހަކަ “ނޯމަލް ޕީޕަލް” ގެ ލިޔުންތެރިޔާ ސެލީ ރޫނީ، އިނގިރޭސިވިލާތުގައި (ޔޫކޭ) މަނާކޮށްފައިވާ “ޕަލަސްޓައިން އެކްޝަން” ޖަމާއަތަށް ތާއީދުކުރާ މައްސަލައިގައި، އެ ގައުމުގެ ފޮތް ފިހާރަތަކަށް އޭނާގެ ވާހަކަފޮތްތައް ސަޕްލައިކުރުން ހުއްޓާލައިފި އެވެ. ރޫނީ އާއި އޭނާގެ ފޮތްތައް ޗާޕުކުރާ ފޭބާ ގުޅިގެން މި ނިންމުން ނިންމާފައިވަނީ، އޭނާގެ މަސައްކަތްތައް ޔޫކޭގައި ވިއްކުމަކީ ގާނޫނީ ގޮތުން ޖިނާއީ ބޮޑު ކުށަކަށް ވެދާނެ ކަމަށް ބަލައިގެންނެވެ. ”ބީބީސީ ނިއުސް އަށް” ދީފައިވާ ބަޔާނެއްގައި އަޔަލެންޑަށް ނިސްބަތްވާ ރޫ...
ނާޒިމާ އަލީ
އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކޮއްކޮގެ ދަރިފުޅު އަދި އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އެ ޤައުމުން ފޭބުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ އިމްރާން ޚާން އަތުގައި އޮންނަނީ އިންޑިއާ ދަރިކޮޅުގެ މީހުންނަށް ދޫކުރާ “އޯވަސީސް ސިޓިޒަން އޮފް އިންޑިއާ” (އޯސީއައި) ކާޑެކެވެ. ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މުމްބާއީގެ [...
ނާޒިމާ އަލީ
ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގެ ޑިރް ކޮލޮނީ ސަރަހައްދުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި، މަދުވެގެން 18 ދަރިވަރުންނާއި އަންހެން ޓީޗަރަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި ހުރިހާ ދަރިވަރުންނަކީ ވެސް އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ. ހާދިސާ ހިނގުމާ އެކު ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް ޓީމުތަކާއި، ފުލުހުން އަދި ރެސްކިއު 1122 ގެ އޮފިޝަލުން އާންމުންނާ ގުޅިގެން ވަނީ […]
ނާޒިމާ އަލީ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅުގައި، ސެޓެލައިޓް އިންޓަނެޓް ޚިދުމަތްދޭ ސްޓާލިންކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހިފެހެއްޓުމަށް ތައްޔާރުވަމުންދާކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އީރާނުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިލްޓަރިންގއާއި ހުރަސްތަކާ ނުލައި ޚިދުމަތް ލިބޭ އީލޮން މަސްކްގެ ސްޓާލިންކަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ޤައުމުގައި ވަނީ މަނާ...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާއަކީ އިންތިޚާބަކާ ނުލައި ވެރިކަން ކުރައްވާ “ޑިކްޓޭޓަރެއް” ގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ބަހުސްތަކަކާއި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އެމެރިކާގެ މިޑް ޓާމް އިލެކްޝަން ބޯމަތިވެފައިވާއިރު، އެ ގައުމަށް ދިމާވި ޑީސަލްގެ ތާށިކަން ފިލުވަން ޓްރަމްޕް ވަނީ ރަޝިޔާ އާއި ޑީލް ހަދާފައެވެ. އިންތިޚާބު ކާމިޔާބުކުރަން ޓްރަމްޕް ކުރާ މަސައްކަތާއެކު ހެދި މިޑީލަށްފ...
ނާޒިމާ އަލީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދަނޑުވެރިންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ބާލާފައިވާ ޒައިތޫނިތަކާއި އުޅަނދެއް އަތުލައިގަނެ ދަނޑުވެރިކަމަށް ބޭނުންކުރާ އިމާރާތްތަކެއް ތަޅާލައިފި އެވެ. މީގެ އިތުރުން ޒައިތޫނި ބާލާ މޫސުމާ ދިމާކޮށް ދަނޑުވެރިން އެމީހުންގެ ބިންތަކަށް ދިއުން ވެސް އިސްރާއީލު ސިފައިން ވަނީ ހުއްޓުވާފަ އެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާއެއް ކަމަށްވާ އަލްބައިދަރުން ނެރުނު ބަޔާނެއްގައި ބުނީ، ރާމަﷲގެ އިރުމަތީގައިވާ ދީރު ދިބ...
ނާޒިމާ އަލީ
2026 ވަނަ އަހަރުގެ ޕާސްޕޯޓް އިންޑެކްސް ރޭންކިންގައި ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހޯދައިފިއެވެ. ޔޫއޭއީ އިން މި މަގާމު ކަށަވަރުކުރީ 182 ގެ މޮބިލިޓީ ސްކޯއަކާ އެކުގައެވެ. މިއާއެކު، ކުރިން ވިސާ ނެގުމަކާ ނުލައި އެ ގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ 182 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މި އިންޑެކްސްގައި ޔޫއޭއީއަށް ލިބުނު 182 ގެ ސްކޯގެ ތެރޭގައި އެއްވެސް ވިސާއަކާ ނުލައި އެތެރެވޭ 138 މަންޒިލަކާއި، […]
ނާޒިމާ އަލީ
އަންނަ މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން އާންމުކުރި އެންމެ ފަހުގެ ރަސްމީ ހިސާބުތަކުން، ސެޕްޓެމްބަރު މަހާ ހަމައަށް އެ ގައުމުގެ އިންފްލޭޝަން ރޭޓް ލަފާކުރި ވަރަށް ވުރެ ބޮޑަށް މައްޗަށް ގޮސްފައިވާކަމަށް ދައްކައިފިއެވެ. މިގޮތުން އޮގަސްޓް މަހާ ހަމައަށް 3.4 ޕަސެންޓުގައި ހުރި އިންފްލޭޝަން، ސެޕްޓެމްބަރު މަހު ވަނީ 3.7 ޕަސެންޓަށް އުފުލިފައެވެ. ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެންމެ ބޮޑު ބަހުސެއް ހިނގަމުންދަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއ...
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް އިންޑިއާގެ ތިން މަސްބޯޓާއި އޭގައި ތިބި 25 ފަޅުވެރިން ސަލާމަތްކޮށް، އަނބުރާ ގައުމަށް ގެނައުމަށް ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ އާއިލާތަކުން ގޮވާލައި މުޒާހަރާކޮށްފި އެވެ. މި އުޅަނދުތައް ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އެމްއެންޑ...
އަލީ އާދިލް
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން އުމަރުގެ ގެކޮޅު ފެޑެރަލް އޭޖެންޓުން ފާސްކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ވޮޝިންގްޓަން ސަރަހައްދުގައި ހުންނަ އިލްހާންގެ ގެކޮޅު ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) ގެ ފެޑެރަލް އޭޖެންޓުންނެވެ. މި ހާދިސާއާ ގުޅިގެން 2026 އޮކްޓޫބަރު 12 ވީ ދ...
ނާޒިމާ އަލީ
ޗައިނާގައި އިތުރުވަމުން އަންނަ އެކަނިވެރިކަން ފިލުވައިދިނުމަށް މީހުން ކުއްޔަށް ހިފުމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، މިއީ 7.4 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތަކަށް ބަދަލުވެއްޖެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެކަނިވެރިކަން ފިލުވައިދޭނެ “ވަގުތީ ދަރިން” ކުއްޔަށް ހިފުމުގެ އިތުރުން، ބޮޑެތި ހޮސްޕިޓަލްތަކަށް މީހުންނާ އެކު ދިއުމަށާއި ފަރުބަދަތަކަށް އެރުމުގައި ބައިވެރިވުމަށް ވެސް މިހާރު އެ ގައުމުގައި ފައިސާ ދީގެން މީހުން ހޯދަ އެވެ. ބެއިޖިންގެ ރަށްބޭރުގައި ދިރިއުޅޭ އުމުރު...
ނާޒިމާ އަލީ
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންޢާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ ސަޢޫދީ އަރަމްކޯގެ އިމާރާތަކަށް ހަމަލާއެއް ދީފިއެވެ. ސަޢޫދީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އަރަމްކޯގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން މި ހަމަލާގެ ސަބަބުން އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ […]
ނާޒިމާ އަލީ