އެއްޗެއް ކަޅެއްތަ؟ ނޫނީ "ފެހި، ހުދު، ދަނބު" ސައެއް؟
ސަޔަކީ ދިވެހިންގެ ސުފުރާމަތި ފަޅުފިލުވައިދޭ ބުއިމެކެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާއާއި ހަވީރުގެ ސައިގައި ކަޅުސައި މިއީ، ހާއްސަ ދައުރެއް އަދާކުރާބުއިމެކެވެ. އެންމެ އާދައިގެ ސުފުރާތަކުން ފެށިގެން އެންމެ މުއްސަނދި ސުފުރާތަކުގައިވެސް ސައިގެ ދައުރު ނުހަނު ބޮޑެވެ. ދިވެހިންނަށް އާއްމުކޮށް ބޭނުންކުރާ ސައިގެ ބާވަތަކީ، ކަޅުސައެވެ. ދިވެހިންނަށް ސައިގެ ވައްތަރުތަކުން ކަޅުސައި ހާއްސަވެފައި އާއްމުކޮށް ބޮއެ އުޅުނު ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުކޮށް ބޮއެއުޅޭ ސައިގެ ވައްތަރުތައް ގިނައެވެ. ކަޅު...