Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
27 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

ފިރުޢައުނުގެ ވާހަކަ
Column

ފިރުޢައުނުގެ ވާހަކަ

ފިރުޢައުނުގެ ނަމުން މަޝްހޫރުވެފައި ވަނީ ސަލާމް ލެއްވި މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި އުޅުއްވި ރަސްގެފާނެވެ. ފިރުޢައުނުންނަކީ ކުރީ ޒަމާނެއްގައި މިޞްރުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނަށް ދެވިފައި އޮންނަ ލަޤަބެކެވެ. ސަލާމްލެއްވި މޫސާގެފާނުގެ ޒަމާނުގައި އުޅުއްވި ފިރުޢައުނުގެ ވާހަކަ އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. އެއީ ފަސާދަކުރުމުގައި އަރާހުރި މީހެކެވެ. ކީރިތި ޤުރުއާނުގެ 10 ވަނަ ސޫރަތް ކަމުގައިވާ ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތާއި 92 ވަނަ އާޔަތުގައި މާތްﷲ ވަ...

އައު އަހަރަށް ޕްލޭންކުރެވިދާނެ މުހިންމު 10 ކަންތައް
Column

އައު އަހަރަށް ޕްލޭންކުރެވިދާނެ މުހިންމު 10 ކަންތައް

އައު އަހަރަށް ރަނގަޅު ޕްލޭނެއް ކޮށްގެން އަހަރު ފަށައިފިނަމަ ރަނގަޅު ނަތީޖާއެއް ހާސިލުކުރާން ފަސޭހަވާނެއެވެ. ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ލަނޑުދަނޑިތައް ހާސިލު ކުރެވޭނެއެވެ. މިއީ އައު އަހަރުގެ ޕްލޭނުގައި ހިމެނިދާނެ 10 ކަމެކެވެ. އަމިއްލަ ޕްލޭނެއް ހަދާއިރު އެ މީހަކަށް މުހިންމު ކަންތައްތަކަށް ބަލައިގެން ޕްލޭނަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫނެވެ. 1. ތަރުތީބުން ލިސްޓުކުރާށެވެ. އެންމެ ފުރަތަމަ ކަމަކީ މި ފެށުނު އަހަރު ކުރަން ބޭނުންވާ ނުވަތަ ހާސިލުކުރަން ޝައުޤުވެރިވާ ކަންތައްތ...

މޮރޮކޯގެ ތާރީޚީ މޮޅު: ސްޕޭންގެ ބިޔަބޮޑު ލަޝްކަރު ބަލިކޮށް ފަތަޙަ ކުރެއްވި ހަނދާން!
Sports

މޮރޮކޯގެ ތާރީޚީ މޮޅު: ސްޕޭންގެ ބިޔަބޮޑު ލަޝްކަރު ބަލިކޮށް ފަތަޙަ ކުރެއްވި ހަނދާން!

މޮރޮކޯ އިން 3-0 އިން ސްޕޭންބަލިކޮށް ވޯލްޑްކަޕުގެ ތާރީޚުގައި ކްއާޓަރފައިނަލަށް ދަތުރުކުރި ފުރަތަމަ އިސްލާމީ ޤައުމަށްވުމުގެ އުފާ ފާޅުކުރީ ފަލަސްތީނުގެ ދިދައާ އެކުގައެވެ. މާނައަކީ ކޮބައިތޯއެވެ؟ މީ އެއް ބައެއްކަމެވެ. އެއް އުންމަތެއްކަމެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމެވެ. އުފަލާއި ހިތާމައިގައި ވެސް އެއް އިހުސާސެއް އޮތްކަމެވެ.   މޮރޮކޯ ސަޕޯޓަރުން ދަނޑަށް ވަދެ ތިބެގެން ހުއްޓާނުލައި ޓީމަށް ދިނީ ހަމައެކަނި ހިތްވަރެއް ނޫނެވެ. ދެ އަތް މައްޗަށް ނަގައި ﷲ އަށް ދުޢާކުރަން ތިބި އެތައް ބަޔަކު ވެސް […]

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ
Column

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަންގެ ދަރިކަލުންނެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި އިރު ހުންނެވީ ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވީ 1988 ނޮވެންބަރު...

ރިޝްވަތު ނަގައިގެން ހުކުމުތައް ކުރަމުންދަނިކޮށް، ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު
Column

ރިޝްވަތު ނަގައިގެން ހުކުމުތައް ކުރަމުންދަނިކޮށް، ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު

މީލާދީން 500 ވަނަ އަހަރު ފާރިސްކަރައިގައި އުޅުނު ނަޒާހަތްތެރިކަމެއް ނެތް ފަނޑިޔާރެކެވެ. ނަމަކީ ސިސާމްނެސް އެވެ. އޭނާގެ އަނިޔާވެރިކަން ކޮޅުންލައިގެން ދިޔައެވެ. ނަމަވެސް އިންސާފު އައިސް އޭނާއާ ވެސް އަރާ ހަމަކުރިއެވެ. އޭނާގެ މައްޗަށް ކުރެވުނު ހުކުމަކީ ދިރިހުއްޓައި އޭނާގެ ހަށިގަނޑުން ހަންގަނޑު ދަމައިގަތުމެވެ. މީލާދީން 16 ވަނަ ގަރުނުގެ ކުރެހުމެއްގައި އެ މަންޒަރު ސިފަކޮށްދީފައިވެއެވެ. ސިސާމްނެސްއަކީ ފާރިސް ކަރައިގެ ރަސްގެފާނު ކެމްބިސެސް llގެ ދުވަސްވަރު އުޅުނު ޝާހީ ފަނޑިޔާރެކެވެ. ކޯޓުގައި ރިޝްވަތު ނަގަ...

ޤައުމީ ދުވަހުގެ ބަޠަލަކަށް ބޮޑުތަކުރުފާނުވީ ކީއްވެ؟
Column

ޤައުމީ ދުވަހުގެ ބަޠަލަކަށް ބޮޑުތަކުރުފާނުވީ ކީއްވެ؟

ޤައުމީ ދުވަހަކީ ގިނަ ޤައުމުތަކުގައި އެ ޤައުމެއް ނުވަތަ އެ ދައުލަތެއް އުފަންވި ދުވަހެވެ. އެހެން ބައެއްގެ އަތްދަށުން މިނިވަންވެގެން ޤައުމެއްގެ ހައިސިއްޔަތު ލިބި އެ ޤައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ވެރިކަމެއް ޤާއިމުވެ ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިޢުލާން ކުރާ ދުވަހެވެ. މިގޮތްގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ތަފާތެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހަކީ ފުށެތިކާލުން (ޕޯޗްގީ...

ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް
Column

ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް

ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމި މައިގަނޑު ސަބަބަކީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވުމެވެ. އަދި އެ ހިނދު ޤައުމު ވެއްޓިފައިވާ އަނދިރި އަދި އެހާމެ ނާމާން ފުން ވަޅުގަނޑުން ނަންގަވައި ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށް ދެއްވުމެވެ. ޤައުމުގެ ހަޔާތުގައި އެ ރަދުންގެ ރަސްކަމަށްވުރެ ރައްޔިތުންގެ މެދުގައި އުފާފާތިކަމާއި ސުލުހަ މަސްލަހަތާއި އަމަންއަމާންކަން ވަކިން ބޮޑަށް އޮތް އެހެން ދުވަސްވަރެއް ނެތުމެވެ. އުތީމު މަހާރަދުންނަށްވުރެ ކުރިން ވެސް...

ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟
Column

ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޤައުމީ ދުވަހަކީ ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކަނޑައެޅިގެން ގޮސްފައިވާ ދުވަހެވެ. ނުވަތަ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބިގެން ގޮސްފައިވާ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެފަދަ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމަކަށް ޤައުމެއްގެ ގޮތުގައި އެ ޤައުމެއް އުފެދިގެން އައި ދުވަހެއް ނުވަތަ އެ ތާރީޚެއް ނޭނގޭނެއެވެ. އެހެންވީމާ މިފަދަ ޤައުމުތަކުގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމަކަށް އެންމެ ޚާއްޞަ ދުވަހެވެ. އެ ޤައުމެއްގެ […]

އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!
Column

އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!

“އަހުރެންނަށް ފެންނަގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ.” މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފުރަތަމަ ތަސްދީގުކުރެވުނު ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙަ...

މިނިވަންކަމަކީ އެއްވެސް ހައްދެއްނެތް، އިމެއްނެތް ޙައްޤެއް ނޫނެވެ.
Column

މިނިވަންކަމަކީ އެއްވެސް ހައްދެއްނެތް، އިމެއްނެތް ޙައްޤެއް ނޫނެވެ.

މިނިވަންކަމަކީ ބަހުގެ ގޮތުންބަލާއިރު އަޅުވެރިކަމެއް އަދި ބަންދެން ނެތުމެވެ. ހުހަށް ހުރުމާއި، އަމިއްލަކަމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީވެސް މިނިވަންކަމެވެ. މިނިވަންކަމަކީ އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައިވެސް ލައްވާފައިވާ ޠަބީއީ ސިފައެކެވެ. ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ ޙައްޤުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. އެހެންވީއިރު އިންސާނުން އެކަކު...

މިނިވަން ވަޠަން
Column

މިނިވަން ވަޠަން

ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަން ދިވެހިރާއްޖެ ވަނީ އެ ބިމަކަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހ...

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ
Column

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ

އެ ނާޗަރަންގީ ފެށުމާއެކު ހެންވޭރުގަނޑުވަރު ވެގެންދިޔައީ ދެޖިންސުގެ ޒުވާނުންގެ ކިއްލާއަކަށެވެ. ގޮތްހުރި މީހުން ވަދެ އުޅޭން ލަދުގަންނަ ތަނަކަށެވެ. އަދި އެ ބައި މީހުންގެ ދަރިން ވެސް ވަދެ އުޅޭން ނުރުހޭ ތަނަކަށެވެ. ކުރިއްސުރެ ދިވެހިންގެ ތެރޭގައި މަނާވެފައި އޮތް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު އެތައް ކަމެއް އެތަނުގައި ހުއްދަވެ ހިނގާން ފަށައިފިއެވެ. އެ ނާޗަރަންގީގެ އިސް ބޭފުޅަކީ ރާއްޖޭގެ ރަސްކަމުގެ އޭރުގެ ވާރުތަވެރިޔާ، ޕްރިންސް ޙަސަން ޢިއްޒުއްދީނެވެ. އޭރު ދިވެހި ތަޚްތުގައި އިންނެވި އައްސުލްޠާން […]

ވާހަކަ: ކާޅު ހައްޖުވުން
Column

ވާހަކަ: ކާޅު ހައްޖުވުން

އެހެން މީހުން ހައްޖަށް ގޮސްއުޅޭތީ ކާޅު ވެސް ހައްޖަށް ދިޔައެވެ. ހައްޖުން އައިސް ކާޅުގެ އުޅުން މުޅި ބަދަލުކުރިއެވެ. ހުދު ހެދުމެއް ލައި، ތާކިހަލެއް އަޅައިގެން އުޅެން ފަށިއެވެ. ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ބަސް މަދުކޮށް، މަގުމަތިން ހިނގާއުޅޭއިރު ވެސް ދަނީ އިސް ޖަހައިގެންނެވެ. ގުއިި ކެއުމުން މުޅިން މަނާވެ އެހެން މީހުންނަށް ވެސް އެބާވަތުގެ ދަށު ދަރަޖައިގެ ކަންކަން މަނާކޮށް ނަސޭހަތްދީ އުޅުނެވެ. ކާޅު މިހެން އުޅެން ފެށުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި […]

މީ ޖުންޖުލާގެ އަސަރާއި ވޭނެވެ. މޫސުމީ ކަރުނައެވެ.
Column

މީ ޖުންޖުލާގެ އަސަރާއި ވޭނެވެ. މޫސުމީ ކަރުނައެވެ.

އިރު އޭގެ ދޯދިތަކާއެކު ނިވައިވެއްޖެއެވެ. އެކަމަކު ހަނދު ފެންނާކަށް ނެތެވެ. ހީވަނީ މާތަކާއި ގަސްތައް ވަކިވެދާނެހެންނެވެ. ފެންނަނީ އަނދިރިކަމެވެ. ކަޅުވިލާތަކުގެ ރުޅިވެރިކަމެވެ. ރުކުގެ ފަންތައް ވަރުބަލިވެއްޖެއެވެ. ގަސްތަކުގެ ތެރެއިން ރިހިކުލައިގެ އަލި ދޯއްޖެއް ފެންނާނެނަމައެވެ. ރަންކުލައިން ކަނޑު ވިދާބަބުޅާނެ ނަމައެވެ. ހޭޅިތަކުން ރީތި މިއުޒިކެއް އިވޭނެ ނަމައެވެ. ގޮނޑުދޮށްތަކުން ހިތްގައިމު ލަވައެއް ކިޔާނެނަމައެވެ. ދޫނިތައް ކޮބައިހެއްޔެވެ؟ ރާޅުތަކުގައިވަނީ ރުޅިވެރިކަމެވެ. ލޯތްބެއް އޯގާތެރިކަމެއް ތުޑި...

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ
Thiladhunmathi News

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

މިއީ ކުޅުދުއްފުށްޓަށް ޚާއްޞަ ކުޅިވަރެކެވެ. އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދައެކެވެ. ދިވެހިވަންތަ ރީތި ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުޅިވަރު ކުޅެމުން އައީ ބޮޑު ޢީދުގެ ފަހުރޭގައެވެ. ކުރީ ޒަމާނުގައި މި ކުޅިވަރު ކުޅެއުޅޭ ގޮތާއި މި ޒަމާނުގައި ކުޅޭ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް ދަމުހިނގުމުގެ އަސްލަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ މި ކުޅިވަރުގައި ބޭނުންކުރާ މާލިތަކަށާއި އެ މާލިތަކުގެ ހަރަކާތްތަކަށެވެ. ކުޅުދުއްފުށީގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިދޭގޮތާއި ވައްޓަ...