Skip to main content
4 Stories
1 Reads

އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2001 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެމުގެ މަންސަފާ] އާއި ނޮވެލްޓީން 2008 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެންމޮހޮރީ] އެވެ. މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާންވަނީ، [ދިވެހި ދިރިއުޅުމުގެތެރެއިން….] ގެ ނަމުގައި ދިވެހީންގެ އާދަކާދައާ ބެހޭ މުހިންމު ފޮތެއް ނެރުއްވައިފައެވެ. އުތީމު އާދަމްބެގެ އަދަބީ ޚިދުމަތުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ދެއްވި [ޝުކުރާއި ތަޢުރީފުގެ ބަސް] (އެވޯޑު) ވެސް ލިބިވަޑައިގެންފައިވެއެވެ.

Published on ތިލަދުން (Thiladhun) by އުތީމު އާދަމް ޢަބްދުއްރަޙްމާން

އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު
Column

އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު

އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ...

އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން
Column

އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ...

އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު
Thiladhunmathi News

އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު

އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ. އެއީ ކޮންމެ މަހެއްގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި (އެއްވަނަ ދުވަހާއި ދެވަނަ ދުވަހު) މިދަތުރު ކުރަން ޖެހޭތީއެވެ. މިކަން އަޅުގަނޑަށް ފެ...

History

އުތީމު އާދަމްބޭގެ ގަލަމުން: އަލަށް ލިބާސް ލެއްވުން

އަންހެންކުދިން އަލަށް ލިބާސް ލެއްވުމަކީ ވަކި ހަމަތަކެއްގެ މަތިން ކުރިން ދިވެހިން ކުރަމުން އައި ކަމެކެވެ. މިޒަމާނުގައި، އެންމެ ޅަފަތުއްސުރެ އެޖިންސަކަށް ޚާއްސަ ކުރެވިފައި ހުންނަ ހެދުން އެޖިންސެއްގެ ކުދިން ލައްވަމުންއައިނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެކަމަކީ މިގޮތަށް އޮތްކަމެއް ނޫނެވެ. ވަކި އުމުރަކަށް އަންނަންދެން ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެންކުދިންވެސް އަންދަވަނީ މުންޑުކަމަށް ބުނެއެވެ. މިފަދަ މުންޑުފަހަނީ ފިރިހެނުންގެ މުންޑުން ނަގާ ބާކީ ފޮތިކޮޅު ބޭނުންކޮށްގެންނެވެ. އެންމެ ކުޑައިރު...