ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި
ޕޮލިސް ރިކޯޑު ބެލެހެއްޓުމާ ގުޅޭ ގޮތުން އަމަލުކުރާ ގަވާއިދަށް މުހިއްމު އިސްލާހެއް ގެނެސް، އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހުތައް އެކުލެވޭ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާހުގެ އެންމެ ބޮޑު މަގުސަދަކީ، ބައެއް ޝަރުތުތަކުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ރިކޯޑު ނައްތާލުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މި އިސްލާހ...