ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!
އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]