"ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބަޖެޓް ކުރުމަކީ ވައުދު ފުއްދާނެ ކަމުގެ ހެއްކެއް"

MP Yasir

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފިނޭސް މިނިސްޓްރީން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ތެރޭގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބަޖެޓް ހަމަޖެހިގެން ދިއުމަކީ މި ސަރުކާރުން ވައުދު ފުއްދާނެ ކަމުގެ ހެއްކެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ރީޖިނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް 800 މިލިއަން ރުފިޔާ ފޯކާސްޓު ކުރެވުނު ނަމަވެސް ފާސް ކުރެވުނު ބަޖެޓްގައި 294 މިލިއަން ހިމެނިގެން ދިއުމަކީ އެހެން އެއްވެސް ސަރުކަރަކަށް ނުކުޅެދީފައި އޮތް ކަމެއް ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން މިއަދު އުތުރުގެ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދު އެ ބޭފުޅުން ފުރިހަމަ ކޮށްދެއްވާނެ. އެއީ އަޅުގަނޑު އެއްވެސް ޝައްކެއް ކުރާ ކަމެއް ނޫން. އޭގެން ހެއްކެއް ބަޖެޓަށް އިތުރު ކުރާ ބައިގައި ވެސް އެކަމަށް[ހޮސްޕިޓަލް ތަރައްގީ ކުރުމަށް] ފައިސާ ހިމެނިގެން ދިއުމަކީ." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަކީ ނިމިދިޔަ ސަރުކާރުގެ ވައުދެއް ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ ފަސް އަހަރު ނިމިގެން ދިޔައިރު ވެސް އެ ވައުދު އެއްވެސް ވަރަކަށް ފުރިހަމަވެފައި ނެތް ކަން ކަމުގައެވެ.

"މިދިޔަ ސަރުކާރުން ކުޅުދުއްފުށި ހޮސްޕިޓަލް ހަވާލުކުރީ ނިމްސް ކިޔާ ކުންފުންޏަކާ. ހަވާލު ކުރ ފަހުން އެ ހޮސްޕިޓަލްގެ ފެންވަރު ވަނީ ދުވަހަކު ވެސް ދަށަށް ނުދާ ފެންވަރަށް ދަށަށް ގޮސްފައި. މިއަދާ ހަމައަށް ވެސް އެކަމުން ސަލާމަތް ނުވެގެން އުޅޭއިރު އެ ބޭފުޅުން[ނިމްސް] އިން ބަދަލުގެ ގޮތުގައި އެބަ ބޭނުންވޭ ވަކި މިންވަރެއް. އަޅުގަނޑުގެ ރައްޔިތުން ބޭނުމެއް ނުވޭ ދެން އިތުރަށް ނިމްސާ އާ އެ ހޮސްޕިޓަލް ހަވާލު ކުރާކަށް." ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލްގެ 50 އެނދުގެ ވޯޑެއް ތަޅާލައި 30 އެނދަށް ބަދަލުކުރުން ފިޔަވައި އިތުރު ކަމެއް ކުރީގެ ސަރުކާރުން ކޮށްދީފައި ނުވާނެ ކަމަށެވެ.

މިފަހަރުގެ ބަޖެޓުގައި ހިމަވާފައިވާ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޔާސިރު ވަނީ އަރުވާފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާސިރުމެން މި ސަރުކާރު ދިފާއުކުރުމުގެ ބޭނުމެއްނެތް . ޙދ ޕްލޭނެއް ނެތް ސަރުކާރެއް ނަގާ ކޮނޑަށް ލައިގެން ރައްޔިތުންނަކަށް ހިނގޭކަށް ނެތް …

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި