އެމޭޒަން ހިމާޔަތް ކުރުމަށް ގައުމުތަކުން އެއްބަސް ވެއްޖެ
އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް އެމޭޒަންގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ. އެއްބަސްވުމާގުޅޭ ވާހަކަތަކުގައި އިސްނެގީ ކޮލަމްބިއާގެ ރައީސް އިވާން ޑުކޭއެވެ. މި އެއްބަސްވުމާއި ގުޅޭ ވާހަކަތައް ކުރިއަށް ދިޔައީ ކޮލަމްބިއާގެ އެމޭޒަން ޖަންގަލީގެ ސަރަހައްދެއް ކަމަށްވާ ލެޓިސިއާގައެވެ. “ލެޓިސިއާ އެމޭޒަން ޕެކްޓް” ގެ ނަމުގައި ވީ މި އެއްބަސްވުމުގައިވާ ގޮތުން އެމޭޒަންގެ ގައުމުތަކުން އެކުވެގެން ޖަންގަލި ހިމާޔަތްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި ޖަންގަލި މޮނިޓަރ ކުރުން އިތުރު ކުރުމަށާއި ރީޖަނަލް ކޯޕަރޭ...