ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް

Salle

ތަރައްގީއަކީ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް ހަގީގީ ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ތަރައްގީ އަސްލު ގެނެވޭނީ އެ ރަށެއްގެ ރައްޔިތުންނަށް. އެގޮތުން ހޯރަފުށި ރައްޔިތުން ނިންމަވަންވީ 10 އަހަރު ތެރޭ ރަށަށް ގެންނަން ބޭނުންވާ ަތަރައްގީ. އެކަމަށް ޕްލޭނެއް އެކުލަވާލެވި، ކުރެހުންތައް އަޅުގަނޑުމެންނަށް ތައްޔާރުކުރެވި އެފަދަ މުހިންމު ދާއިރާތައް އަޅުގަނޑުމެންނަށް ކަނޑައެޅި ސަރުކާރަށް ހުށަހެޅިއްޖެ ނަމަ ސަރުކާރަށް ފަސޭހަ ވާނެ އެކަންކަން ކޮށްދޭން." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ހޯރަފުށީ ކައުންސިލުން އިސްނަގައިގެން މިކަހަލަ މާސްޓަ ޕްލޭނެއް ތައްޔާރުކުރުމަށް ނިންމާފައިވާތީ އެކަމަށް ތައުރީފު ކުރައްވާފައެވެ. ސަލީމު ވިދާޅުވީ ރައްޔިތުންނަށް ޕްލޭންތައް އެކުލަވާލުވުމުގައި އިސްނަގަންޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

ސަލީމް އިތުރަސް ވިދާޅުވީ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ހޯރަފުށިގެ ސާރވޭތައް ހެދި ގިނަ ފަރާތްތަކާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ވޯކްޝޮޕެއްގެ ގޮތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މަޝްވަރާ ކުރެވި އުފަންވާ ހިޔާލުތަކަކުން އަދި އިތުރަށް ޕްލޭން ފުރިހަމަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި