މާއުނގޫދޫ ކަނބަލުންގެ ޞިއްޙީ ދުޅަހެޔޮކަމާއި ނަފުސާނީ ރައްކާތެރިކަމަށް ބޭއްވި ޕްރޮގްރާމްތައް ނިންމާލައިފި
ށ. މާއުނގޫދޫގައި ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމާއި، ނަފުސާނީ ގޮތުން ކަނބަލުން ހޭލުންތެރިކުރުމަށް ބޭއްވި ޕްރޮގްރާމް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން، އެ ރަށު އަންހެން ބޭފުޅުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގައި ޖުމްލަ 83 ކަނބަލުން ބައިވެރިވެފައިވެއެވެ. އެ ރަށު އތމކ ގެ ރައީސާ ޝަރަފިއްޔާ “ތިލަދުން”އަށް ވިދާޅުވީ، ކަސްރ...