އީރާނުން 'ސިއްޖީލް' މަރުކާގެ މިސައިލުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް
ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އީރާނުން އެ ގައުމުގެ އެންމެ ނުރައްކާތެރި އެއް ހަތިޔާރު ކަމަށްވާ ‘ސިއްޖީލް’ މަރުކާގެ މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދޭން ފަށައިފިއެވެ. “އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4” ގެ ދަށުން ފެބުރުވަރީ 28 ގައި މި ފެށި ހަމަލާތަކަކީ، މުޅި މަސްރަހަށް ބޮޑު ބަދަލެއް ގެނުވި ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ވޭތުވެދިޔަ ދެ ހަފުތާގައި އީރާނުން ބޮޑަށް ބޭނުންކޮށްފައިވަނީ ލިކުއިޑް ފިއުލް ބޭނުންކުރާ ‘ޝަހާބް’ އަދި...