އީރާނުން އިސްކުރަނީ ސުލްހަ، ހަނގުރާމަ އަށް ނުދިޔުމަށް އައު ހުށަހެޅުމެއް
އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ”އަލް އަރަބިއްޔާ އިންގްލިޝް” އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ