ގާޒާގެ ސުންނާފަތިކަން ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކާއެކު ޖޯލީ ކުރި ޕޯސްޓް ވައިރަލްވެއްޖެ
އިސްރާއީލްގެ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކަކާ އެކު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ. ޖޯލީ ލިޔެފައިވާ ގޮތުގައި، މިހާރު ގޫގުލް އާތު ހުޅުވާލުމުން ޣައްޒާއަށް ކޮށްފައިވާ ވަރު ސާފުކޮށް ފެންނަން އެބަހުއްޓެވެ. މުޅި އަވަށްތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، ގެދޮރާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ހޮސްޕިޓަލްތަކާއި، މަގުތަކާއި، ފެނާއި ނަރ...