ސައޫދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގިކަން އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދީފައެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ […]