ޣައްޒާގެ ގަތުލުއާންމު ހުއްޓުވައި އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލައި ނެދަލޭންޑްސްގެ ވެރިރަށުގެ ޑޭމް ސްކޮޔާ ފުރާލައިފި
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައަށް ތިން އަހަރު ފުރުމާ ދިމާކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސިޓީގެ މަޝްހޫރު ޑޭމް ސްކޮޔާއަށް އެއްވެފައެވެ. ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ. އަދި ފަލަސްތީނުގެ ރަ...