ސަންޢާއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީން ސަޢޫދީ އަރަމްކޯއަށް ހަމަލާ ދީފި
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންޢާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ ސަޢޫދީ އަރަމްކޯގެ އިމާރާތަކަށް ހަމަލާއެއް ދީފިއެވެ. ސަޢޫދީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އަރަމްކޯގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން މި ހަމަލާގެ ސަބަބުން އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ […]