ނާވައިދޫގައި މަގުހެދުމަށް ނިކުތީ އާންމު ރައްޔިތުން
ހދ.ނާވައިދޫގެ ގިނަ މަގުތައް ހަލާކުވެފައިވާތީ، އެ މަގުތައް ހެދުމަށް ރަށު ކައުންސިލާއި އާންމު ރައްޔިތުން ނިކުމެއްޖެއެވެ. އެރަށުން މައުލޫމާތު ދިން ޒުވާނަކު ބުނީ ނާވައިދޫގެ މަގުތަކުގައި ފެހިޖަހައި، ވަޅުގަނޑު ހެދިފައި ހުރުމުން ރަށުގެ ޒުވާނުންނާއި ކައުންސިލުން އިސްނަގައިގެން މަގު ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ދަނީ މަގުތަކުން ފެހިކަހައި، ސާފުކޮށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ރައްޔިތުން ގުޅިގެން...