Skip to main content

Abdulla Shafeeu

Viewer
🌐 Network-Wide Bureau
57 Stories
7 Reads

Published on ތިލަދުން (Thiladhun) by Abdulla Shafeeu

”ބަވަތި“ އަޅުވަން ތިލަދެކުނު ސިނަމާއެއް ނުދިން
Thiladhunmathi News

”ބަވަތި“ އަޅުވަން ތިލަދެކުނު ސިނަމާއެއް ނުދިން

އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ދިވެހި ފިލްމް ބަވަތި، ތިލަދެކުނު ސިނަމާގައި އެޅުވުމުގެ ހުއްދަ ނުދޭން ހދ.ކުުޅުދުއްފުށީ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ފިލްމް އަޅުވަން ކުޅުދުއްފުށީގައި ހުރި ހަމައެކަނި ބައިސްކޯފު ކުއްޔަށް ނުދޭން ނިންމީ ތަނުގެ ހާލަތުގެ ސަބަބުންނެވެ. ތިލަދުންއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީގައި ދިވެހި ފިލްމް އެޅުވުމުގެ މަސައްކަތް ކުރާ އާދަމް މުހައްމަދު ބުނީ ބަވަތި އެޅުވުމަށް ތިލަދެކުނު ސިނަމާ ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުން ދެކޮޅު...

ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި: އެމްއެންޑީއެފް
News

ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި: އެމްއެންޑީއެފް

ހދ. ނޮޅިވަރަންފަރުން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަރާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންކަމަށެވެ. އެމްއެންޑީއެފް އިން ހާމަކުރިގޮތގައި އެކަން އެނގުމާ އެކު ހަނިމ...

ނޮޅިވަރަންފަރުން ފުރި ލޯންޗެއް ބަންޑުން ޖަހާލައިފި
News

ނޮޅިވަރަންފަރުން ފުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ބަޔަކު ކަނޑުވެ، އެއްބަޔަކު ގެއްލިއްޖެ އެވެ. ސިފައިން މީޑިޔާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ހަނިމާދޫ ކަންމައްޗަށް ބަންޑުން ޖަހާލާފައިވާކަމަށެވެ. ފުރި ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެޕް އަށް ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު އެވެ. މި ލޯންޗުގައި ކުޑަކުއްޖަކާއި 10 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން...

އޮޑިދޯނި ބަންނަން ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ގޮވާލައިފި
Parliament

އޮޑިދޯނި ބަންނަން ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ގޮވާލައިފި

ޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާޢު ގޮވާލައިފިއެވެ. މަޖިލިސްގައި ވާހަކަދައްކަވަމުން ޝިފާޢު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢާތު ތަރައްޤީ ކުރުމަށްޓަކައި މަސްވެރިކަމަށް ބޭނުންކުރެވޭ އޮޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ސާމާނުން މިހާރު ނަގަމުންދާ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެކްސް ކަނޑާލަން ޖެހޭކަމަށެވެ. ޝިފާޢު ވިދާޅުވީ މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. “އަޅުގަނޑުމެންނަ...

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު!
News

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު!

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާއާއި ބެހޭގޮތުން މަޖިލިސްގައި ކުރެވުނު ސުވާލަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ޖަވާބެއް ނުދެވުނެވެ. މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި މިނިސްޓަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ދެންނެވި ކަމަށާއި މި ދެ މަސްރޫޢުގެ މަސައްކަތް ފެށޭނީ ކޮންއިރަކު ތޯ ޕްލޭނިން...

ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟
Thiladhunmathi News

ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟

ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރާޢީ ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކޮށްފައެވެ. ރާޢީ ކުރި ސުވާލުގައި ވިދާޅުވީ ލާމަރުކަޒީކޮށް ރާއ...

އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމަށްވެސް ފުރުސަތު ލިބިގެން: ވަހީދު
Parliament

އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމަށްވެސް ފުރުސަތު ލިބިގެން: ވަހީދު

ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމައީ މަސްވެރިކަމަށްވެސް ފުރުސަތު ލިބިގެން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، މަޖިލީހަަށް ހުށަހަޅާފައިވާ ޕެސްޓިސައިޑްސް ބިލާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަު ވަހީދު ވިދާޅުވީ، ދަނޑުވެރިކަމަކީ ދިވެހިންނަށް މުހިންމު ސިނާޢަތެއްކަމަށާއި ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފަތުރުވެރިކަމާއި އެއްވަރަ...

ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!
Report

ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!

ޒަމާނުއްސުރެ ހދ. އަތޮޅުގެ ގިނަބަޔަކު ދެކެމުންދިޔަ އެއް ހުވަފެނަކީ އެއަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިއުމެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއްގައި ތިއްބައި އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. މި ރިސޯޓްވެސް ހުޅުވިގެން ދިޔައީ އެ ރިސޯޓް ހެދުމަށް ރަށް ހަވާލުކުރިތާ 12 އަހަރު ފަހުންނެވެ. ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި […...

އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ
Thiladhunmathi News

އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ

އިސްލާމީ އަސްލަކާ ޚިލާފުވާކަމަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ ކަމަށެވެ. ޒިޔާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅި ކުއްލި މައްސަލަ އަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އިސްލާމީ އަސްލަކާ ހިލާ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ރޭހުގައި ތިލަދުންމަތީ ދެބޭފުޅުން!
Report

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ރޭހުގައި ތިލަދުންމަތީ ދެބޭފުޅުން!

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތެރެއިން އުތުރުން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ބޮޑު ތަކުރުފާނު ޒަމާނުގައި ހދ. ނޮޅިވަރަމްއަށް ނިސްބަތްވާ ފަނޑިޔާރަކު ހިމެނޭކަމަށް ތާރީޚީ ފަތްފުތް ތަކުން އެނގެންއޮވެއެވެ. މީގެ އިތުރުން ދެވަނައަށް އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަހުމަދު ފާއިޒު ހުސައިންއެވެ. ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. މިވަގުތު ދިވެހިރާއްޖޭގައި އެންމެ ގިނަބަ...

އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް!
Thiladhunmathi News

އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް!

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ. މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒު ކުރިމަތިލައިފި
Thiladhunmathi News

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒު ކުރިމަތިލައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަން ކުރައްވާފައިވާ އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންދާ ފަނޑިޔާރު މުހައްމަދު ނިޔާޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ބެންޗަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލައިފަ އެވެ. ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ފަނޑިޔާރު ނިޔާޒުގެ އިތުރުން...

އަންހެން ފަނޑިޔާރުންގެ ދިފާޢުގައި ރާޢީގެ ހަމަލާތަށް ޢިލްމުވެރިންނަށް!
Thiladhunmathi News

އަންހެން ފަނޑިޔާރުންގެ ދިފާޢުގައި ރާޢީގެ ހަމަލާތަށް ޢިލްމުވެރިންނަށް!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލައިގައި، ދީނީ އިލްމުވެރިން ފާޅުކުރަމުންދާ ޚިޔާލުތަކަށް މަކުނުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ރާޢީ ރައްދު ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ އެބޭފުޅާއަކީ ދީނީ އިލްމު ހާސިލްކޮށްފައި ހުރި މީހެއް ނޫން ކަމަށާއި އެހެންކަމުން އަންހެން ފަނޑިޔާރުން ނެގުމާމެދު މިހާރު ކުރެވެމުންދާ ބަހުސްގައީ ރާއްޖޭގެ ދީނީ ޢީލްމުވެރިންނަށް ކުރަން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުރ...

ރަށްރަށުގެ މުއްސަދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް
Parliament

ރަށްރަށުގެ މުއްސަދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފި އެވެ. މި ޤަރާރު ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒެވެ. މި ގަރާރުގައި ބުނެފައިވަނީ، ލާމަރުކާޒީ ގާނޫނު ތަސްދީގު ކުރެވުނުތާ އަށް އަހަރު ދުވަސް ވެގެން ދިޔަ އިރުވެސް، އަދިވެސް އެ ގާނޫނުގެ ހަގީގީ މަގުސަދު ހާސިލުވަމުން ނުދާ ކަމަށެވެ. އަދި އެ ޤާނޫނުގެ ސަބަބުން […]

ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން ބޭރުކުރަންޖެހޭ: ޔާސިރު
Parliament

ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން ބޭރުކުރަންޖެހޭ: ޔާސިރު

ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން ބޭރުކުރަންޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާއި ގުޅޭގޮތުން މިއަދު މަޖިލީހުަގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެކަމަށް އެދި އެދި އޮތް އެންމެ ބޮޑު އެއްކަމަކީ އިންސާފު ޤާއިމުކުރުން ކަމަށާއި ރައްޔިތުން އެބޭފުޅުން އިންތިހާބުކޮށް...