ޖޭއެސްސީއަށް ދަށު ކޯޓު ފަނޑިޔާރަކު ހޮވަން ތިލަދުންމަތީ ޖުޑީޝަލް ދާއިރާތަކުން ވޯޓުލައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްއީ އަށް އައްޔަންކުރާ ފަނޑީޔާރަކު ހޮވުމަށް މިއަދު ކުރިޔަށްދިޔަ އިންތިހާބުގައި ހއ އަދި ހދގެ ޖުޑީޝަލް ދާއިރާއިން ޖުމްލަ 16 ފަނޑިޔާރުން ވޯޓުލައިފިއެވެ. އިލެކްޝަން ކޮމިޝަން އިން ހާމަކުރާގޮތުގައި މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި ޖުމްލަ އެކާވިސް ޖުޑީޝަލް ދާއިރާއެއްގައި 178 ފަނޑިޔާރުން ވޯޓުލާނެއެވެ. ހއ ޖުޑީޝަލް ދާއިރާއިން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ 8 މީހުނެވެ. އެ އަށް ފަނޑިޔާރުންވެސް ވޯޓުލުމަށް ނިކުމެފައިވެއެވެ. އަދި ހދ ޖުޑީޝަލް ދާއިރާއިން ވެސް ވޯޓުލުމ...