ތިލަދުންމަތީ އުތުރުބުރީ އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތް ކޮށްދުނުމަށް އެދި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހާޅާ ފަރާތުގެ ތަޢާރަފާއި މަޤުޞަދު ހުށަހަޅަން ޖެހެއެވެ.

Ad
rt

މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނުގައި މި މަސައްކަތުގެ ތަފްސީލާއި، މި މަސައްކަތަށް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންވާނޭ ޝަރުތުތަކާއި، ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާކްސްދޭނެ ގޮތާއި، އަންދާސީ ހިސާނު ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭނޭ ޝަރުތުތަކުގެ އިތުރުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ މަސައްކަތު ތަޖުރިބާ މިންކުރާނެ ގޮތުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުން ވެސް ކަމާއި ގުޅުންހުރި ގިނަ މަޢުލޫމާތު ވަނީ ބަޔާންކޮށްފައެވެ.

މި މަސައްކަތް ކޮށްދިނުމަށް އެދި އަންދަސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 12:00 އަށް ވެލާނާގޭ ތިންވަނަ ފަންގިފިލާގައިވާ އެ މިނިސްޓްރީގެ އޮފީހަށް ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން އެދިލައްވައެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން 3347430 އަށް ގުޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ޝީޓްގެ ލިންކް މި ހަބަރުގެ ތިރީގައި ހިމެނިފައިވާނެއެވެ،

https://storage.googleapis.com/gazette.gov.mv/docs/iulaan/95326.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/95327.xlsx