ހއ. އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ އާ އިންޖީނުގެއެއް އުލިގަމުގައި ތަރައްގީކޮށްފައި މިވަނީ އެ ރަށުގައި 26 އަހަރުވަންދެން ޙިދުމަތް ދެމުން އައި އިންޖީނުގެ ބާވެ، އެ އިންޖީނުގޭގެ ސަބަބުން އާންމުންނަށް ދަތިތަކަކާ ދިމާވާތީއެވެ.
އެ ކުންފުނިން ބުނީ 26 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
އަލަށް ހުޅުވި އިންޖީނުގެއަކީ 304.58 އަކަމީޓަރުގެ ޖާގައިގެ އިންޖީނުގެއެކެވެ. ކުރިން ހުރި އިންޖީނުގެއަކީ އެންމެ 70 އަކަމީޓަރުގެ އިންޖީނުގެއެކެވެ.
އިންޖީނުގޭގެ އިތުރުން ފެނަކައިގެ އޮފީސް އިމާރާތްވެސް ވަނީ ހުޅުވައިފައެވެ. އެ އިމާރާތުގެ ބޮޑުމިނަކީ 158.26 އަކަމީޓަރެވެ.
އުލިގަމު ފެނަކަ އިންޖީނުގޭގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރާއިރު އޮފީހުގައި 25 މުވައްޒަފުން މަސައްކަތް ކުރެއެވެ. އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކޮށްފައިވަނީ މި މުވައްޒަފުންނަށް ފަސޭހަވާނެ ގޮތްތަކަށް ބަލައިގެންނެވެ.
ފެނަކައިގެ އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި މެނޭޖަ ރޫމާއި ރިސެޕްޝަން އެންޑް ލޮބީ އާއި ޖެނެރަލް އޮފީހާއި ސްޓޯ ރޫމާއި ޕޭންޓްރީ އަދި ފާޚާނާ ހަދާފައިވާއިރު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް، ޑީސަން ޓޭންކް ވަނީ ހަދައިފައެވެ.

މިހާރު ހުރި އިންޖީނުގެއަކީ 400 ކިލޯވޮޓުގެ 3 ޖެންސެޓް ބެހެއްޓޭ ޖާގައިގެ އިންޖީނުގެއެކެވެ. ނަމަވެސް މިވަގުތު އެ ރަށުގައި ބަހައްޓާފައިވަނީ 458 ކިލޯވޮޓުގެ އިންޖީނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!