މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފަހު ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ޙައްޖުވެރިން ރާއްޖެ އައިސްފައި މިވަނީ ތިން ދުވަހެއްގެ މަތިންނެވެ.

Ad
rt

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއައީ ޖުލައި 20 ވަނަ ދުވަހުއެވެ. އެއީ 157 ޙައްޖުވެރިންނެވެ. ދެވަނަ ގްރޫޕްގައި 175 ޙައްޖުވެރިން އައިސްފައި ވެއެވެ. އެ ހައްޖުވެރިން ރާއްޖެއައީ ޖުލައި 23 ވަނަ ދުވަހުއެވެ.

ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް އަދި ފަހު ގްރޫޕް މިއަދު ރާއްޖެ އައިސްފައިވާއިރު އެ ގްރޫޕްގައި ޖުމްލަ 117 ޙައްޖުވެރިން ހިމެނެއެވެ.

ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ރާއްޖެ އައީ ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން "ސައުދިއާ" އިންނެވެ.

މިއަހަރު ޙައްޖުވެރިން ރާއްޖެ އައުމުން ކަންކަން ފަސޭހަކޮށްދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.