އައްޑޫ ސިޓީގެ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ޕީޕީއެމާއި ވާދަކޮށްފައި ވަނީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓުނފާތިމަތު ނާޒީހާ މި ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ނަޒީހާއަށް ޖުމްލަ 567 ވޯޓު ލިބިފައިވާއިރު އެމްޑީޕީ ކެނޑިޑޭޓަށް ލިބިފައިވަނީ 426 ވޯޓެވެ.
މިއަދު އިތުރު ބައި-އިލެކްޝަނެއް ވެސް ކުރިއަށް ދިޔައެވެ. އެއީ ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިޚާބެވެ. އެ އިންތިޚާބުގައި އެމްއެންޕީއާއި ވާދަކޮށް އެމްޑީޕީ ވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!