އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ.
ފެންފުށީ ތުނޑި ކައިރީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލުދެރަވި ދެޒުވާނުންގެ ތެރެއިން ނިޔާވެފައި ވަނީ ވަނީ އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ނިޔާވީ ތ.ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ މިއަދު ހަވީރު 6:00 ހާއިރެވެ. އެ ދެ މީހުން ހޯދައި އެންމެ ފުރަތަމަ ފަރުވާ ދިނީ ފެންފުށީ ހެލްތު ސެންޓަރުގަ އެވެ.
ކައުންސިލުން ލަފާކުރާ ގޮތުގައި އެ ދެ ޒުވާނުން ބޭރަށް ދަމައިގަތީ ބާނި ބޮޑުވި ވަގުތުގަ އެވެ.
ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވާފަ އެވެ.
މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!