ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.
މިއީ ގޭތެރޭގައި ކަރަންޓުން ދިމާވާ ކުދިކުދި މައްސަލަތައް ޙައްލު ކުރުމަށް ދަސްކޮށްދޭ ކޯހެކެވެ.
މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބޭނީ ހަމަ އެކަނި އަންހެން ކަނބަލުންނަށެވެ.
މަދުވެގެން ފަނަރަ ކަނބަލުން ބައިވެރި ވެގެން ކުރިޔަށް ގެންދެވޭ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ލިބޭނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ހުށަހަޅާ ފަރާތްތަކަށެވެ.
މި ކޯހުގެ ފީއަކީ 200 ރުފިޔާއެވެ.
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ ވަރަށް ހަރަކާތްތެރި އަދި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކޮމެޓީއެކެވެ. މީގެ ތެރޭގައި ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކަސްރަތު ޕްރޮގްރާމަކާއި، ފަހާ ކޯހަކާއި، ޖަނާޒާ ކޯހަކާއި އަދި އަންހެނުންގެ ހުނަރު ދައްކާލުމުގެ މައުރަޒަކާއި، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގެ ހަރަކާތްތަކުގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!