ށ. ނަރުދޫ ކަށިކެޔޮވައު ވަރުވާއަށް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ.
މި ގަސްތައް ވަރުވާއަށް ލިޔެދެއްވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަރުދޫ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1130 ގައެވެ.
ރަށުގެ ހުރިހާ ސަރަހައްދު ތަކެއްގައި ހުރި ރައްޔިތުންގެ ހުރިހާ ކަށިކެޔޮ ގަސްތަކެއް ލިބޭ މި ބީލަމަށް އަގު ހުށަހެޅުމުގެ ތާރީޚަކީ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 1315 އެވެ.
މިކަމާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް 6540049 ނަންބަރު ފޯނަށް ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށް ދެއްވާނެކަމަށް ނަރުދޫ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!