މުޙައްމަދު ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ،

މި ސެޝަންގައި މައުލޫމާތު ދެއްވީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރެއް ކަމުގައިވާ މުޙައްމަދު ރައިޝާން އަހުމަދާއި އޭނާގެ މަންމަ އާމިނަތު އިބްރާހިމެވެ.

Ad
rt

އައިޔޫއެމް އިން ބުނީ، އިންކޫލޫސިވް އެޑިޔުކޭޝަން ކިޔަވާ ދަރިވަރުންނަށް، ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަން އެއް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ.

މި ސެޝަންގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރި ގޮތާމެދު މައުލޫމާތު ދެވުނުކަމަށާއި މުޖުތަމަޢާއި ތައުލީމުދޭ މުއައްސަސާތަކާއި މުދައްރިސުންގެ ފަރާތުން އެފަދަ ކުދިން ބޭނުންވާ ކަންތައްތައް ހިއްސާކޮށްފައިވާކަމަށް އެޔުނިވަރ ސިޓީން ބުނެފައިވެއެވެ.

ރައިޝާން ދެއްކީ ވާނެކަން، ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ

"ފުރުސަތު ލިބިއްޖެނަމަ ފުރުޞަތުގެ ބޭނުން ހިފާނެކަން ކަށަވަރު. ‏ތައުލީމީ ދަތުރުގެ ހުންގާނުގައި ސާބިތުކަމާއެކުގައި ހިފާ، ޖަހާބިޔަރާޅުތަކާއި ދެކޮޅަށްވެސް ދަތުރުކޮށް ކާމިޔާބުގެ އައްސޭރިއަކާ ހަމަޔަށް ވާސިލް ވެވޭތޯ ބަލާނަން"
މި ސެޝަނަށްފަހު ރައިޝަންގެ މަންމަ ބުނެފައިވެއެވެ،

ރައިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެހެން ކުދިން ހަނގާ ކުރުމުން އެކަންކަމާއި ކުރިމަތިލާ އެފަދަ ކުދިންނަށް ހިތްވަރުދީ އެހީތެރިވެދީހަދަ އެވެ. އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވަދީ އެފަދަ ކުދިންވެސް މުޖުތަމަޢު ތެރެއަށް އާއްމުން ފަދައިން ނެރެން އެހީތެރިވެ ދިނުމަށް އާއްމުންގެ މެދުގައި ހެލުންތެރިކަން އިތުރު ކުރުމަށް ވެސް ރައިޝާން މަސައްކަތް ކޮށްފައިވެއެވެ.

މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝާން ވަނީ ފުރޮޅުލީ ގޮނޑީގައި އިނދެގެން އޯ ލެވެލްގެ ގައުމީ ގަދަ 10ގެ 10 ވަނަ އަދި 2019 ގައި ހެދި އޭ ލެވެލް އިމްތިހާނުގައި ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާފައިވެ އެވެ.

މިހާރު އޭނާ އަންނަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑިގްރީއަށް ކިޔަވަމުންނެވެ.