ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހަކާއި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ހިންގަން ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯސްތަކުގައި ކިޔަވައި ދެއްވާނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ.
މިއިން ކޮންމެ ކޯހަކަށްވެސް ނެގޭނީ ގިނަވެގެން ވިހި ބައިވެރިން ކަމަށާއި، މިއިން ކޮންމެ ކޯހެއްގެވެސް ކޯސްފީއަކީ ދެހާސް ރުފިޔާ ކަމުގައި ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރައްވާފައިވާ އިޢުލާނުގައި ބަޔާން ކުރައްވާފައި ވެއެވެެ.
ޕްރޮފެޝަނަލް ފެންވަރުގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ މި ކޯސްތަކުގައި ބައިވެރިވުމަށް މި ހިނގާ މެއި މަހުގެ އޮނަތިރީސްވާ އާދީއްތަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމުގެ ކުރިން ކޮމަންޑޫ ކައުންސިލަށް ވަޑައިގެން ނަންނޯޓު ކުރައްވަން ޖެހެއެވެ.
އެ ކޮމެޓީން މީގެ ކުރިން ވެސް ވަނީ ރަށުގެ މުޖުތަމައަށް ބޭނުންތެރި ހަރަކާތްތަކެއް ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!