ހއ. މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލު ކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ދެބުރީގެ އިމާރާތުގައި ހިމެނެނީ ސްޓާފް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ދެ ކިލާސް ރޫމެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 7،939،576.01 ރުފިޔާއަށް، 200 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މާރަންދޫ ސްކޫލުން ވަނީ މި މަޝްރޫޢުގައި ޙަޤީޤީ ކުލަޖައްސައިދިނުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލުކުރިއިރު، އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫޢޫތަކެއް ހިންގަވަމުންނެވެ.

‏