ބާރަށު ދިގުބަތްޕެން ކައްކަން ފެށުނު ތާރީޚެއް ބުނެދޭން އެނގޭ މީހަކު މިހާރު އެރަށުގައި ނެތްކަމުގައި ވެއެވެ. ވުމާއެކު ތާރީޚީ މި ކެއްކުން އެންމެ އަހަރަކު ވެސް ނުކައްކާ ދޫކޮށްލުމަކީ މިހާރު އެ ރަށު ރައްޔިތުންނާއި އަދި ހާއްސަކޮށް ޒުވާނުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ.

ވުމާއެކު އެހެން އަހަރުތެކެކޭ އެއްގޮތަށް ބާރަށުގައި މި އަހަރު ވެސް ވަނީ ދިގު ބަތްޕެން ކައްކާފައެވެ. މި ބަތްޕެން ކެއްކުން އަބަދު ވެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ އެންމެ ފަހު ދުވަހުއެވެ.

Ad
rt

މި ބަތްޕެނަކީ ތަފާތު ގޮތަކަށް ކައްކާ ބަތްޕެނެކެވެ. މައިގަނޑު ގޮތެއްގައި ފަތްޕިލާވެއްޔާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކޮށްގެން ކައްކާ މި ބަތްޕެން ކެއްކުމުގައި ބޭނުންކުރާ ތެކެތީގެ ތެރޭގައި ހިކަނދިފަތް، ރާނބާފަތް، މުރަނގަފަތް، ދިގުތިޔަރަފަތް، ދަނޑިއަލުވިފަތް، އާދައިގެ ކައްޓަލަފަތް، ޅޮސްފަތް، މިރިހިފަތް، ހަނޑޫ، ފިޔާ، މާޅަސްކެޔޮ، ބަރަބޯ، ރޯމަސް، ކޮތަނބިރި، ދިރި، ލޮނުމެދު، އިނގުރު، އަސޭމިރުސް، ލޮނު، އަޖިނަމުޓޯ، ގިތެޔޮ މިރުސް، ކާށިކިރު، ކާތެޔޮ، ފެން އަދި މީގެ އިތުރުން ހަވާދުގެ ބާވަތްތައް ވެސް ހިމެނެއެވެ.

މި ބަތްޕެނަށް، ދިގު ބަތްޕެނުގެ ނަމުން ނަންދެވުނު ސަބަބެއް ވެސް އެނގޭކަށް ނެތެވެ. މިއަދާ ހަމައަށް އައިރުވެސް މި ބަތްޕެން ކެއްކުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ އެއްވެސް އެއްޗަކަށް ބަދަލެއް އައިސްފައި ނުވެއެވެ. މިއަދުވެސް އެ ބަތްޕެން ކައްކަމުން ގެންދަނީ އިހުގައި ވެސް ބޭނުންކުރި ތަކެތި ބޭނުން ކޮށްގެނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ މި ބަތްޕެން ކެއްކުމަށް ބޭނުންކުރެވޭ މައިގަނޑު ހުރިހާ ތަކެއްޗަކީ ވެސް އެ ރަށުން ލިބެން ހުންނަ ތަކެތިކަމެވެ.

މި ބަތްޕެން ކައްކާ އުޅެނީ އަބަދުވެސް އެ ރަށު ފިރިހެނުންނެވެ. މިހާރަކަށް އައިސް މިކަމުގައި ފޯރިހުންނަނީ ބޮޑަށް ރަށުގެ ޒުވާނުންނެވެ. އާންމުގޮތެއްގައި މި ކަމަށް ބޭނުންވާ ޚަރަދު އެ ރަށުގެ ވިޔަފާރިވެރިން ހަމަޖައްސައިދިން ނަމަވެސް އެކިގޮތް ގޮތުން މިކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ޒުވާނުންގެ ދައުރު މިހާރު ބޮޑެވެ.

އާންމު ގޮތެއްގައި ބަތްޕެން ކައްކައި އުޅެނީ އެ ރަށުގެ އަތިރިމަތި ކަހަލަ ހާމައަށް އޮންނަ، ގިނަ މީހުންނަށް ޖަމާވާން ފަސޭހަ ސަރަހައްދުތަކުގައެވެ.

މި ހަރަކާތް ކުރިއަށް ދާ ގޮތައް ބަލައިލާއިރު ބަތްޕެން ކެއްކުމަށް ކަނޑައެޅިފައި އޮންނަ ދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ބައެއް ސާމާނު ހޯދާފައި ބެހެއްޓި ނަމަވެސް އެކަމަށް ވާންޖެހޭ ގިނަތައްޔާރީތައް ވަނީ ހަމަ އެ ކައްކާ ދުވަހުއެވެ.

ދުވަހުގެ ހެނދުނުން ފެށިގެން އެކަމަށް ބޭނުންވާ ފަތްޕިލާވެލި ހަމަކުރުމާއި، އެ ކައްކަން ބޭނުންވާ ތަކެތި ކުދިކޮށް ކޮށައި ތައްޔާރު ކުރުން ހިމެނެއެވެ. މީގެއިތުރުން އެއަށް އެޅުމަށް ކާށިކިރު ފެލުމަށް ބޭނުންވާ ހުނިވެސް ގާނާނީ ހަމަ އެދުވަހުއެވެ. މި ބަތްޕެން ކެއްކުމުގައި އަންހެންވެރިންގެ ދައުރަކީ ހަމައެކަނި ބަތްޕެނަށް އަޅަން ބޭނުންވާ ކިރުފެލުމަށްޓަކައި ހުނިގޭނުމެވެ. އޭގެއިތުރުން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ވެސް ކުރަމުން ގެންދަނީ ރަށުގެ ފިރިހެނުންނެވެ. ޒުވާނުންނެވެ.

ބާރަށުގެ ޙާއްޞަ ދިގުބަތްޕެން ކެއްކުމުގެ ތެރެއިން. އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް މިކަން ކުރިއަށްދަނީ ރަށުގެ ދުވަސްވީ މީހުން، ޒުވާނުން ، އަންހެނުންގެ އެއްބާރުލުމާއެކު.

Posted by Sofath Mohamed on Sunday, May 1, 2022

ދިގުބަތްޕެން ކެއްކުމުގައި ރަށުގެ ފިރިހެން ކުދިބޮޑު އެންމެން ބައިވެރިވާއިރު ބަތްޕެން ކައްކަނީ ބޮޑެތި ތެލިތަކުގައި ރަށުގެ ހުރިހާ މީހުންނަށް ވެސް ރަހަބަލައި ހެދޭހާ ގިނައިންނެވެ. ބަތްޕެން ކައްކާ ދުވަހުގެ އިރުއޮއްސެން ކައިރިވުމުން އެ ސަރަހައްދަށް ތަށިތައް ހިފައިގެން ބަތްޕެން ބަލައި އަންނަ މީހުންނާއި އެ ތަނުގައި ތިބެ އެ ބޯން އަންނަ މީހުން ޖަމާވާނެއެވެ. ވިއްސާރަވުން ކަހަލަ ކަމަކާއި ގުޅިގެންވެސް މި ހަރަކާތް ކެންސަލެއް ނުވާނެއެވެ. އެއީ މިކަމަށް ބާރަށުގެ ރައްޔިތުން އޮންނަ ޝަޢުގުވެރިކަން ހާމަވާ ކަމެކެވެ.

މިއީހަމަ އެކަނި ކެއްކުމެއް ކަމުގައި ބުނެ މިއަދު ފުއްދާލެވޭކަށް ނެތެވެ. ސަބަބަކީ މި ހަރަކާތުގެ ސަބަބުން ރަށުގެ ކުދިބޮޑު

Udhaigen Ulheny!
#Dhigubaiypen2022

Posted by Mohmed Nazyhu on Sunday, May 1, 2022

އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާވެގެން ދާތީއެވެ. އަދި ރަށުގެ އާބާދީގެ މެދުގައި އެއްބައިވަންތަކަން އާލާވާ ހަރަކާތަކަށް ވެސް މިއަދު މިހަރަކާތް މިވަނީ ވެފައެވެ.