ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި!
ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުންލައިފިއެވެ. މުބާރާތުގެ ގުރުއަތުލުން ކުރިޔަށްދިޔައީ ހުކުރު ދުވަހުގެރޭ 8:30 ގައި ނޮވެލް ރެސްޓޯރެންޓުގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖުމްލަ 6 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗް ކުރިޔަށްދާނެކަމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.އެގޮތުން މިމަހުގެ25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ އެދުވަހުގެ ހަވީރު16:00 ގައެވެ.މި މުބަރާތ...