ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގެ މިހާރުގެ ބަނދަރުގެ 36،010.00 ކިއުބިކް މީޓަރު ފުންކޮށް، ބަނދަރަށް އިތުރު ކުރެވޭ ބައިގެ 15،202.00 ކިއުބިކް މީޓަރު ފުން ކުރާނެއެވެ. އަދި ބަނދަރަށް ވަންނަ ނެރުން 4،120.00 ކިއުބިކް މީޓަރު ފުން ކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން އިތުރަށް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 10 މަގު ބައްތި ހަރުކުރުން
- 955.00 މީޓަރުގެ ޕޭމަންޓް ހެދުން
- ރޭމްޕް ހެދުން
- 10 މޫރިން ބޮއި ހަރުކުރުން
- 210 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- 399 މީޓަރު ބޮޑު ހިލައިން ބޭރު ތޮށި ޖެހުން
- 205 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 196 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
- 2 ނެވިގޭޝަން ލައިޓް ހަރުކުރުން
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ގޮތުގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢަށް 43،829،602.92 ރުފިޔާ ޚަރަދު ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!