ހއ. ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފިއެވެ.

ކެލާ ކައުންސިލުން ބުނެފައިވާ ގޮތުގައި މިއެޕްލިކޭޝަން އިފްތިތާހް ކޮށްފައި މިވަނީ މިކަމަށްޓަކައި ކެލާ ފެހިބިން ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

އެގޮތުން މިރަސްމިއްޔާތުގައި މޯބައިލް އެޕްލިކޭޝަންގެ އިތުރުން ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ ގެ އިތުރުން އެކައުންސިލް މުވައްޒަފުންގެ ޔުނީފޯމް އާއި ސްޓާފުންގެ އައިޑީކާޑްވެސް މި ހަފްލާގައި ވަނީ ހަވާލުކޮށްދެއްވާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ.އތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤުއެވެ.

މީގެ އިތުރުން ކެލާގެ ހުރިހާ މުއައްސަސާ ތަކުގެ އިސްވެރިންނާއި ، ހއ.އަތޮޅު ޕޮލިސް ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީން ވެސް މިރަސްމިއްޔާތުގައި ވަނީ ބައިވެރިވެލައްވާފައެވެ.

އެކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އަލަށް އިފްތިތާހް ކުރެވުނު ކަންތައްތަކުގެ މައިގަނޑު މަގުސަދަކީ ކައުންސިލްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭގޮތަށް ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކުރުމާއި އަދި ސްމާޓް އޮފީހަކަށް ކެލާ ކައުންސިލް ހެދުމެވެ.