ރިސޯޓުތައް ހަދަން އަލަށް ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ތިލަދުންމަތިން ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި ހއ. ދެ ރަށަށް ކަން ހާމަވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވިދާޅުވީ ހއ. ގެ ދެ ރަށަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އެ އަތޮޅުން ރިސޯޓް ހަދަން ހުޅުވާލީ މެދުފުއްޓާއި އަލިދުއްފަރު ފިނޮޅެވެ.
ހއ. އަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި އިރު ހދ. އާއި ށ. އަތޮޅުން ހުޅުވާލި ދެ ރަށަށް ވެސް އެއްވެސް ބަޔަލު ކުރިމަތި ނުލައެވެ. ހދ. އިން ހުޅުވާލީ ކުޑަފަރުފަސްގަނޑެވެ. އަދި ށ. އަތޮޅުން ހުޅުވާލީ ކުޑަޅައިމަންދޫއެވެ.
ޓޫރިޒަމް މިނިސްޓްރީން އަލުން މި ރަށްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 21 ގައެވެ. އޭގެ ކުރިންވެސް ފުރުސަތު ހުޅުވާލިއެވެ. ނަމަވެސް ތަރުހީބު ކުޑަވުމުން އަލުން ރަށްތައް ހުޅުވާލީއެވެ.
ބިޑަށް ހުޅުވާލި 18 ރަށުގެ އަގުތައް
* ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
* ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
* ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
* ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
* ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
* މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
* މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
* ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
* ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
* ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
* ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
* ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
* ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
* ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
* ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
* ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
* ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
* ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ - 9.26 ހެކްޓަރު (700،000 ޑޮލަރު)
އަލަށް ހުޅުވާލި ރަށްތަކަށް ކުރިމަތިލާފައިވާ ގޮތުގެ ތަފްސީލުތައް ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!