ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މި މުބާރާތުގައި ދިއްދޫގެ ރައްޔިތުންގެ އިތުރުން ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
މި ބުރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބައިވެރިވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން މިމާރޗް މަހުގެ 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން "ބައިވެރިވުމަށް އެދޭ ފޯމް" ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިިވަނީ 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ
- 6 އަހަރުން ދަށް
- 7 އަހަރުން ދަށް
- 9 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
- 21 އަހަރުންދަށް
- 21 އަހަރުން މަތި
މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިބުރާތުގައި ވަނަތައް ދިނުމަށް ހަމަޖެހިފައިވަނީ ނުބަލާ ކިޔެވުމުގެ ޢުމުރު ފުރާތަކުން 1 ،2، 3 ، ބަލައިގެން ކިޔެވުމުގެ ޢުމުރު ފުރާތަކުން 1, 2, 3، ބަލައިގެން ކިޔެވުމުގެ ގޮފިން 1 ،2 ،3 އިތުރުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ،2 ،3 އަދި ދެގޮފި އެއްކޮށް (މުޅި މުބާރާތުން ) 1 ، 2 ،3 އެވެ.
ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުން އަދި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!