ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސަރވިސް" ތައާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލު ކޮށްފިއެވެ.
ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ހަވާލުކޮށްފައެވެ.
ކޮންމެ ރަށަކަށް އެމްބިއުލަންސްއެއް ފޮނުވާފައި އެހިސާބުން އެކަން ހުއްޓައެއްނުލާނެ. ސަރުކާރުގެ އަމާޒަކީ، އެއްގަމާ ކަނޑާއި ވައިގެ އެމްބިއުލަންސް ހިމެނޭގޮތަށް، އިތުބާރު ކުރެވޭ ފަހި އަދި ހަލުއި ޚިދުމަތެއްގެ ގޮތުގައި "ނެޝަނަލް އެމްބިއުލާންސް ސަރވިސް" ޤާއިމުކުރުން
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނު ސަރުކާރުން 24 އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.
"މިއަދަކީ މީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާ ދުވަސް. އެހެން ނަމަވެސް، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވިކަމުގައި ވިޔަސް އަދި ހުރިހާ ރަށްރަށެއްގައި ހުރީ ބަރާބަރަށްް ހިދުމަތް ދެވޭ ހާލަތެއްގައި ހުރި އެމްބިއުލާންސްތަކެއް ނޫން. މިއަދުން ފެށިގެން އަޅުގަނޑުމެންނަށް ބުނެވޭނެ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލާންސް އެބަ ހުއްޓޭ. އެހެން ނަމަވެސް އަޅުގަނޑު ހިތާމަޔާ އެކީ ދަންނަވާނީ މި ހިސާބަށް އައި އިރުގައި އަދިވެސް ރާއްޖޭގެ ހުރިރާ ރަށްރެއްގައި ހުރީ ބޭނުން ކުރެވޭ ހާލަތެއްގައި ހުރި އެމްބިއުލާންސެއް ނޫން،" އަމީން ވިދާޅުވި އެވެ.
Minister of Health @ameenex handed over 25 ambulances to Health facilities as part as governments effort to strengthen #National #Ambulance #Services and for overall contribution to health services nationwide. Additional 26 ambulance will be received within the year. pic.twitter.com/G0vM6HFe7Q
— Ministry of Health (@MoHmv) October 12, 2019
މި އެންބިއުލާންސްތައް ހަވާލުކުރީ ދިވެހިރާއްޖޭގެ ޞިއްޙީދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސާވިސް" ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ނޭޝަނަލް އެމްބިއުލާންސް ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ޞިއްޙީ ކުއްލި ހާލަތެއް އަދި ކާރިސާއެއް ދިމާވާ ހިނދު، ފަސޭހަކަމާއި ހަލުއި ކަމާއިއެކު ފެންވަރު ރަނގަޅު އަވަސްފަރުވާ ލިބުމާއިއެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާ ހަމައަށް ލަހެއްނުވެ ބަލިމީހާ ގެންދިއުން
މިނިސްޓަރ އަމީންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
From the handing over of 25 ambulances to health facilities pic.twitter.com/ilCV1xhRGF
— Ministry of Health (@MoHmv) October 12, 2019
މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް މިރަސްމިއްޔާތުގައިވަނީ އިޢުލާންކުރައްވާފައެވެ.
Ambulance handover ceremony held at #JumhooreeMaidan in presence of cabinet minister, MPs, foreign dignitaries and senior officials pic.twitter.com/9YIfFxkYvM
— Ministry of Health (@MoHmv) October 12, 2019
މިއަދު ހަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރެވުނު އެމްބިއުލެންސްގެ ތެރޭގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ޕެރަމެޑިކް އެމްބިއުލާންސްވެސް ހިމެނެއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީނެވެ.
މިއަހަރުގެ ކުރީކޮޅު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަންސާހަކަށް ރަށުގައި އޮތް އެމްބިއުލާންސް ހަލާކުވެފައިވާ ކަމަށެ އެވެ.
187 ރަށުގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ނުދެވި އޮތީ ހަތަރު ރަށެއްގައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވަނީ މިއަހަރުގެ ކުރީކޮޅު ވިދާޅުވެފައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި [އިރު] އެމްބިއުލާންސްގެ ހިދުމަތް އެއްވެސް މިންވަރަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ،"
އަމީން ޖޫންމަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯލް ސެންޓަރާއި އިމާރާތާއި މުވައްޒަފުން ހަމަޖައްސައި ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ އެމްބިއުލާންސްތަކާ އެކީގައި އެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ގައުމީ އެމްބިއުލާންސް ތައާރަފުކުރުމުން ރާއްޖޭގަައި ހިދުމަތް ދެމުން އަންނަ ހުރިހާ އެމްބިއުލާންސެއް އެއް ވިއުގައަކުން ގުޅާލެވޭނެ އެވެ. އޭރުން އެއް ނަންބަރަކަށް ގުޅުމުން، ވަކި ވަގުތެއްގެ ތެރޭގައި އެ މީހަކަށް ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!