ހދ.ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01 މާރޗް 2022 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން ނިނެމްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ލިންކް: https://forms.office.com/r/54SJfUduNs
މި އަންދާސީ ހިސާބާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 02 މާޗް 2022 ވާ ބުދަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ މި އަންދާސީ ހިސާބުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރާ ފަރާތްތައް އެކަންޏެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުމުގެ ގޮތުން ބާއްވާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 މާޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!