ހއ. އިހަވަންދޫ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
އެރަށުން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދެވެ.
އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މިރޭ 12:35 ހާއިރުއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް "ތިލަދުން" އަށް ވިދާޅުވީ، ފަހުދު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ހޯދަމުން ދަނިކޮށް ފަހުދު ފެނުނީ އެރަށު ކުނިގޮނޑާ ދިމާ ވަލުތެރެއިން ނުކުންނަނިކޮށެވެ.
އިހަވަންދޫ ކައުންސިލުން ވަނީ ފަހުދު ހޯދުމުގައި އެރަށުގެ ރަށްޔިތުން ދިން އެއްބާރުލުން ފާހަގަކޮށް، ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!