ހއ.ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުގެ 13:00 ގައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ 13:00 ގައެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!