ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އަންނަ ފެބުރު އަރީމަހު ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ކޮމިޓީއެއްގެ ރި-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީއިން މިއަދު ބުނީ އެ ދާއިރާތަކަށް ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 24ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

Ad
rt

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަން އަކީީ ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބެވެ.

އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް ޢިއުލާންކޮށްފައެވެ. 6 ވޯޓް ފޮށްޓެއް އެ އިންތިޚާބުގައި ބަހައްޓަން ނިންމާފައިވެއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫއާއި، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.