ށ. ޅައިމަގު ސްކޫލުގެ 08 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި މަޝްރޫޢަކީ 16,782,860.70 (ސޯޅަ މިލިޔަން ހަތް ލައްކަ އައްޑިހަ ދެހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫޢުއެކެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މީގެއިތުރުން މިއަދު ވަނީ އއ. ރަސްދޫގައި ހުންނަ، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 08 ކްލާސްރޫމް، އޮފީސް، ސްޓާފްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ވެސް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އަގަކީ 21,913,159.73 ރ(އެކާވީސް މިލިޔަން ނުވަ ލައްކަ ތޭރަ ހާސް އެއްސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްދިހަ ތިން ލާރި) އެވެ. އަދި މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.