މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓުގެ ލިޔުމާއި ކުރެހުމުގެ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވައިފިއެވެ.

ރޭގައި ކުރިއަށް ގެންދިޔަ މި އިނާމު ދިނުމުގެ ރަސްމިއްޔާތު ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރގެ އިތުރުން އެންޑީއެމްއޭގެ ޑެޕިއުޓީ ސީ.އީ.އޯ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ)، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 7 އަހަރާއި 25 އަހަރާއި ދެމެދު ގެ ކުޅުދުއްފުށީގެ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ.

މިއަހަރުގެ ވިލުންވެރި ފެސްޓްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔުނައިޓް ޓު މިޓިގޭޓް އެންޑް ޕްރެޕެއަރ ފޮ ދަ އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް ޑިސާސްޓަރ "މޫސުމީ ކާރިސާތަކާއި ތޫފާންތަކުން ކުރާ އަސަރުތައް އެއްބައިވަންތަކަމާއިއެކު ކުޑަކޮށް އެކަމަށް ތައްޔާރުވެ ތިބުން" އެވެ.

މި މުބާރާތުގައި ވަނަތައް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.