ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ އިތުރު 4 ކޭހެއް ރާއްޖެއިން ފެނިއްޖެއެވެ.
އެކަން ހާމަކުރަށްވާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް އިތުރު ހަތަރު ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށެވެ.
ޕޮޒިޓިވް ކޭސްތައް ފެނިފައިވާ މީހުންނަކީ ރާއްޖޭން ބޭރުން އައި މީހުން ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި އޮމިކްރޯން މިހާރު ފެތުރެމުންދާ ގައުމުތަކުގެ ޓްރެވަލް ހިސްޓަރީ އެމީހުންގެ އޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އާ ވޭރިއަންޓްގެ އިތުރު ކޭސްތައް ފެނުމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ފުރަތަމަ މި ވޭރިއަންޓް ފެނުނުކަމަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މި މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެކެވެ. ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައި ވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފަވެއެވެ.
ވިޑް-19 ގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ 'ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި
ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ.
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެކެވެ. މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ޓޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ޑަބްލިޔުއެޗްއޯއިން ވަނީ ގޮވާލާފައެވެ. އަދި މިވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މިހާތަނަށް ރާއްޖެއާއެކު 46 އަށްވުރެ ގިނަ ގައުމުން މި ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!