ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކް، ބަންގަލދޭޝް ބޭންކް އިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލޯނު ދޭން ނިންމީ މިދިޔަ މާޗު މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެހީއަށް އެދިވަގަޑައިގަތުމުން ކަމަށެވެ. އެމަނިކުފާނު މި އެހީއަށް އެދިވަޑައިގަތީ އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވަނީ ބުނެފައެވެ.
މި ލޯން ދޭނެ ކަން އިއުލާން ކުރީ އިއްޔެ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝް ބޭންކުގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. ނަމަވެސް މި ލޯނު އެއްބަސްވުން އަދި ފައިނަލް ނުވެއެވެ
ރާއްޖެއަށް ދޭ ލޯނުގެ އެއްބަސްވުން އަދި ފައިނަލް ނުވާތީ އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތު އަދި ހާމައެއް ނުކުރެއެވެ.
މިއީ ބަންގްލަދޭޝް ބޭންކުގެ ތާރީހުގައި ވެސް އެ ބޭންކުން ލޯނު ދޭން ނިންމި ދެވަނަ ގައުމެވެ. މި އަހަރު އެ ބޭންކުން ވަނީ ލަންކާއަށް ވެސް 200 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!