ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ހިންގާފައި ވަނީ އިއްޔެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓާއި، އަދި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ)އާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަކީ ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ސްކޫލްތަކަށް ބޭނުންވާ ކަންކަން އަވަސްކޮށް، އެކަންކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މެންބަރު ޝަރީފް، އެޑިޔުކޭޝަން މިނިސްޓަރާއި ބައްދަލުކުރަށްވަން އެދިލެއްވުމުން އިންތިޒާމްވެގެން ދިޔަ ބައްދަލުވުމެކެވެ.
އެ ޑިޔުކޭޝަން މިނިސްޓްރީން ވަނީ މިނިސްޓަރު ޑރ. ޢާއިޝަތު އަލީއާއި، ޓީމް، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި ބައްދަލުކުރައްވާ، އެ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަން ހާމަކުރަށްވާފައެވެ.
މި ބައްދަލުވުމާއިގުޅޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް "ތިލަދުން"އިން މެންބަރު އިބްރޭއަށް ދެންނެވުމުން ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކެލާ ދާއިރާގެ ކެލާ، ފިއްލަދޫ އަދި ވަށަފަރު ސްކޫލާއި ގުޅިގެން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ފާހަގަކޮށް، ބަޖެޓް ކުރެވިފައިވާ ކަންކަން އަވަހަށް ތަންފީޒުވާނޭހެން ކަންކަން ތަރުތީބުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
"ވާހަކަ ދެކެނުކަންތައްތަކުގެ ތެރޭގައި ކެލާ ސެއިޚް އިބްރާޙީމް ސްކޫލަށް މިހާރު 76 އަހަރު ފުރި 77 އަހަރަށް އަޅާފައިވާއިރު، ކޯވިޑް ހާލަތުގައި އެކަށީގެންވާ ވަރަށް ޑައިމެންޑް ޖުބްލީ ވެސް ފާހަގަ ކުރެވިފައި ނުވާތީވެ، އެ ސްކޫލްގައި ޑައިމަންޑް ޖުބްލީ ބިލްޑިންގއެއް އެޅުމަށް މަޝްވަރާކުރެވުނު، މި ބިލްޑިންގ އެޅުމަށް މިހާރުވާނީ 2022 ވަނަ އަހަރުގެ ބަޖެޓްގައި ވެސް މިހާރު ހިމެނިފައި، ބޭނުން ވަނީ މި ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ މި ބިލްޑިންގ ނިމޭތޯ މަސައްކަތްކުރުން" އިބްރޭ ވިދާޅުވިއެވެ.
މީގެއިތުރުން ފިއްލަދޫގައި އަޅާ މަލްޓިޕާޕަސް ހޯލާއި، ފިއްލަދޫ އަދި ވަށަފަރު ސްކޫލަށް ހެޑްމާސްޓަރެއް ހޯދުމުގެ ކަންތަކާއި، މިނޫންވެސް އެ ސްކޫލްތަކާއި ގުޅުން ހުރިކަންކަމާ މަޝްވަރާކުރެވިފައިވާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.
މެންބަރު އިބްރޭ ގެންދަވަނީ ކެލާ ދާއިރާގެ އެކި ރައްތަކަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަންކަން އަވަސްކުރުމަށް ބާރުއަޅުއްވައި މަސައްކަތްތައް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!