ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ފޯމް ލިބިފައިވާ ކަމަށް މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑް، މަޝްހޫރު ދީނި އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް އެދި 500 ފޯމް ލިބިފައިވާ ކަމަށާއި، މި ހަފްތާގައި އޮޑިޝަން ފެށޭނެ ކަމަށެވެ.
ޢިލްމު އިންސްޓިޓިއުޓް އިން "ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މި ޕްރޮގްރާމަށް ފޯރމް ހުށަހެޅުމަށް ހުޅުވާލީ ނޮވެމްބަރު 7 ވަނަ ދުވަހެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ފިޒިކަލް ކުލާސް އޮންނާނީ މާލެގައެވެ. އަދި އޮންލައިންކޮށްވެސް ހިފްޒު ކްލާސް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަންގެ ހުށަހެޅުމުގެ ސުންގަޑި މިއަދަށް ހަމަވާނެއެވެ. ކްލާސްތަ ފަށަން ނިންމާފައި ވަނީ މިމަހުގެ 20 ގައެެވެ.
މި ޕްރޮގްރާމްގެ ދަށުން ފިޒިކަލް ކުލާސްތަކުަގއި ބައިވެރި ވެވޭނީ 6 އަހަރާއި 25 އަހަރާއި ދެމެދު ކުދިންނަށެވެ. އަދި އޮންލައިން ކުލާތަކުގައި ބައިވެރިވެވޭ އުމުރު ފުރާއަކީ 12 އާއި 45 އަހަރާ ދެމެދު އެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ޤުރުއާން ހިތުދަސް އުސްތާޒުންނާއި އުސްތާޒާއިން ކަމަށް ޢިލްމު އިންސްޓިޓިއުޓް ވިދާޅުވެއެވެ.
ޢިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އަކީ ޑރ. ޝަހީމްގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!