ކޯވިޑް-19ގެ ސަބަބުން އަރާފޭބުން މަނާކޮށްފައި އޮތް ށ. ފުނަދޫ އާންމު ހާލަށް މިއަދު ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެއީ، އެރަށުގައި ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ.
22 އޮކްޓޯބަރު ކޭހާއިގުޅިގެން އިތުރުވަމުން އައި ކޭސްތަކާއެކު ފުނަދޫގެ 50 ގޭބިސީ ކަރަންޓީނުކޮށްފައިވާ ކަމަށް، ނޮވެމްބަރު 12ގެ ފުނަދޫ ކައުންސިލުން އާންމުކުރި މައުލޫމާތުން އެގެއެވެ.
އޭގެތެރޭގައި ޕޮޒިޓިވް މީހުން ތިބި 14 ގެއެއް ހިމެނޭއިރު، 50 މީހަކު ބަލިން ރަނގަޅުނުވެ ތިބިކަމަށް ދައްކައެވެ.
ފުނަދޫ އާންމު ހާލަތަށް ގެނައުމާއި ގުޅިގެން، އެރަށު ކައުންސިލުން ވިދާޅުވީ، އެރަށް އާންމު ހާލަތަށް ގެނައި ނަމަވެސް، މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!