ހއ. ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް ވަދެއްޖެއެވެ.

ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް ވަތް މި ރާގޮނޑި އައިން ބައްދާލައި، ގިނަ އަދަދެއްގެ ރާގޮނޑި ވަނީ ހިފާފައެވެ.

Ad
rt

ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ އެ ރާގޮނޑި އައިނުން ހިފުނު ރާގޮނޑީގެ ޖުމްލަ 9054 އަށް އަރާ ކަމަށެވެ.

"ހެނދުނު 11 ޖެހީއްސުރެ މިކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެ އުޅުނީ، މިހާރު ހިފުނު ރާގޮނޑިތައް ގޭބިސީތަކަށް ބަހަމުން މިދަނީ" ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި 1200ހާ ގޭ ބިސީ ހުންނައިރު ހިފުނު ރާގޮނޑިތައް ބަހަމުން ދަނީ ހަމަހަމަ އުސޫލަކުން ކަމަށް ދިއްދޫ ރައީސް ވިދާޅުވިއެވެ.