ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ.
މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މިނޫހާއި ވާހަކަ ދައްކަމުން އެސަރައްދުގައި ހުރި ޒުވާނަކު ބުނީ އެ ހަރުފަ ފެނިފައިވަނީ އެތުމާ ގުދަން ކައިރިންކަމަށެވެ. ހަރުފަ ފެނިފައިވަނީ ބޭރުން ގެނެސްފައިވާ ލަކުޑި ތަކެއްގެ ތެރެއިންކަމަށެވެ. އެލަކުޑިތައް އެދަރަހައްދަށް ދެނެސްފައިވަނީ އިއްޔެ ހަވީރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެޒުވާނާ އިތުރަށް ބުނީ މިހަރުފައިގައި 2 ފޫޓު ވަރު ހުންނާނެކަމަށެވެ. މިއީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފައެއް ކަމަށް އެޒުވާނާ ހާމަކުރި އެވެ.
ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެhttps://t.co/DvFvZEC2CD pic.twitter.com/R6zCENPMxY
— Thiladhun (@thiladhun) October 24, 2021
މި ހަރުފަ ފެނިފައިވަނީ ލަކުޑިތައް ޕިކަޕަކަށް އަރުވަނިކޮން ނެވެ. މިހާރު މިހަރުފަ ވަނީ އެމްއެންޑިއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފަ ފެނިފައިވަނީ ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިންކަމަށެވެ.
"މި ހާދިސާގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، ސިފައިންގެ ޓީމެއް ވަނީ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ހިފި މި ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުއްޓެވެ."
އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ބޭރުން ރާއްޖެއަށް ގެނެސްފައި ހުންނަން ކޮންޓެއިނަރުތަކުގެ ތެރެއިން ދޭތެރެ ދޭތެރެއިން ހަރުފަ އަންނަނީ ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!